މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ހިންގާ ކޯސްތައް އެމްސީއެލްގައި ހިންގުމުގެ ހުއްދަ ދީފި އެވެ.
އެމްއޭސީއެލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އެމްއެންއެސްޑީއޭ އިން ހިންގާ ކޯސްތައް އެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް އެއިމް އިން ހިންގުމުގެ ހުއްދަ ދީފި ކަމަށެވެ.
މި ހުއްދަ ދިނުމުގެ ގޮތުން އެމްއެންއެސްޑީއޭ އާއި އެމްއޭސީއެލްއާ ދެމެދު މިއަދުވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯއަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އެވެ. އެމްއެންއެސްޑީއޭގެފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ސީއީއޯ ޑރ. ޒަހުރާ މުހައްމަދު އެވެ.
މި އެއްބަސްވުމުގެ ސަބަބުން އެމްއެންއެސްޑީއޭ އިން ހިންގާ ގައުމީ ސެޓްފިކެޓްލެވެލްގެ ހުރިހާ ކޯހެއް އެމްއޭސީއެލްގެ ޓްރެއިނުންނާއެކު އެއިމް މެދުވެރިކޮށްހިންގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއޭސީއެލުން ބުުުުުުންޏެވެ.
މިއީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ އަދި އެމްއޭސީއެލްއަށް ބޭނުންވާ އެކިދާއިރާތަކުން މީހުން ބިނާކޮށް, ވަޒީފާގައި ތިބި މުވައްޒަފުންގެ ހުނަރުތަރައް ތަރައްގީ ކުރުމަށާއި އޭވިއޭޝަން ދާއިރާ މިހާރަށްވުރެ ވަރުގަދަ ކުރުމަށްއެމްއޭސީއެލް އިން ކުރަމުން އަންނަ މަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑުފަސޭހައަކާއި ކުރިއެރުމެއް ކަަމަށްވެސް އެމްއޭސީއެލުން ބުންޏެެވެ.