ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ދައުރުނުކުރަން އެދިއްޖެ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 2 ދުވަސް ކުރިން - 29 ސެޕްޓެންބަރު 2025 10:32
ޝަހީދު ހުސައިން އާދަމް ބިލްޑިން: ފޮޓޯ/ އިންޓަނެޓް---
ޝަހީދު ހުސައިން އާދަމް ބިލްޑިން: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

މި މައްސަލަ ފެންމަތިވެފައިވަނީ އަޕާ ނޯތް ޕޮލިސް ހިމެނޭ ރަށަކުން ކަމަށް ފުލުހުން ވަނީ ބުނެފައި.

ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގެ މަންސަތަކުގައި ދައުރުކުރަމުންދާތީ އެކަން ނުކުރުމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މި މައްސަލަ ފެންމަތިވެފައިވަނީ އަޕާ ނޯތް ޕޮލިސް ހިމެނޭ ރަށަކުން ކަމަށެވެ.

"މި ވީޑިއޯ ދައުރުކުރުމަކީ، މި އަމަލުގެ ސަބަބުން ވިކްޓިމައިޒްވެފައިވާ ކުއްޖާ ރީވިކްޓިމައިޒްވެ، ކުއްޖާގެ ކަރާމާތަށް އުނިކަން އަތުވެދާނެ ކަމަކަށް ވުމާއެކު މި ވީޑިއޯ އިތުރަށް ޝެއާރކޮށް ދައުރު ނުކުރުމަށް އެދެން'." ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި އިލްތިމާސްކޮށްފައިވެ އެވެ.

ސޯޝަލް މީޑިއާގެ މަންސަތަކުގައި ދައުރުވަމުން އަންނަ މި ވީޑިއޯއިން ފެންނަނީ ދެ މީހަކު ވެގެން ކުޑަކުއްޖަކަށް އަތުންނާ ފައިން ތަޅައި އަނިޔާކުރާ މަންޒަރެވެ. މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ ރަށު ޕޮލިސް ސްޓޭޝަނާއި، ޗައިލްޑް ޕްރޮޓެކްޝަން އެޖެންސީ މެދުވެރިކޮށް މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި ފަދަ ހާދިސާއެއް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ. އެއީ އއ. ރަސްދޫގައި ހިނގި ހާދިސާއެކެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%