Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޕްރެޒެންޓަރު އިނާޔަތު ހައްޔަރުކުރީ ތެޔޮބިޑި އަކާއި 120 ގުރާމްގެ މަސްތުވާތަކެއްޗާއެކު

ޕްރެޒެންޓަރު އިނާޔަތު ހައްޔަރުކުރީ ތެޔޮބިޑި އަކާއި 120 ގުރާމްގެ މަސްތުވާތަކެއްޗާއެކު

މުޙައްމަދު ޖިނާން ހުސައިން ޖަބީން
346 ދުވަސް ކުރިން - 28 ސެޕްޓެންބަރު 2025 13:59
މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި ޕްރެޒެންޓަރު އިނާޔަތު ޢަލީ.
މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި ޕްރެޒެންޓަރު އިނާޔަތު ޢަލީ.
ޚުލާސާ

ތެޔޮ ބިޑިއަކާއި 120 ގުރާމްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޕްރެޒެންޓަރަކީ އިނާޔަތު އަލީ. އެއީ ޓީވީއެމްގެ ޕްރެޒެންޓަރެއް.

މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން މަޝްހޫރު ޕްރެޒެންޓަރު ހދ. ކުޅުދުއްފުށި / މަރިޔާޒް، އިނާޔަތު އަލީ (34އ) އާއި އިތުރު ފިރިހެނަކާއި އަދި އަންހެނަކު ހިމެނޭހެން 3 މީހުން ހައްޔަރުކޮށްފިއެވެ.

މި ތިން މީހުން ހައްޔަރުކޮށްފައިވަނީ، މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެދަށުން ކަމަށް، މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، އެ ތިން މީހުންނާއި ގުޅުންހުރި ކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު އެ މީހުން ބިން ގެންގުޅުނު ތެޔޮ ބިޑިއަކާއި 1246 ގުރާމު މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

Advertisement 1

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން:

1. މާލެ / މއ. މަޒާގެ، މުހައްމަދު އައިޝް އަހްމަދު (34އ)

2. މާލެ / މއ. މަޒާގެ، އާމިނަތު އިއްލިއްޔީން އަހްމަދު (25އ) އާއި

3. ހދ. ކުޅުދުއްފުށި / މަރިޔާޒް، އިނާޔަތު އަލީ (34އ)

މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ، މުހައްމަދު އައިޝް އަހްމަދު 10 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް، އަދި އާމިނަތު އިއްލިއްޔީން އަހްމަދާއި އިނާޔަތު އަލީ ހަތް ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

އިނާޔަތަކީ ޕީއެސްއެމްގެ ސީނިއާ ޕްރެޒެންޓަރުގެ އިތުރުން ރާއްޖެ ސްޕާގެ ބްރޭންޑް އެމްބެސެޑަރު ވެސް މެއެވެ.

މަސްތުވާތަކެތީގެ މި މައްސަލައިގައި ކުށް އިނާޔަތުގެ މައްޗަށް ސާބިތުވެއްޖެނަމަ އުމުރަށް ޖަލަށް ލުމާއި އެކު 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް މަސްތުވާތަކެތީގެ ޤާނޫނުން އެނގެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްމަސްތުވާތަކެތި
Advertisement
Advertisement

5 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

1 ދުވަސް ކުރިން - 16:22

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

1 ދުވަސް ކުރިން - 11:50

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

1 ދުވަސް ކުރިން - 11:24

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އެޕާޓްމަންޓް ސްކޭމްތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

1 ދުވަސް ކުރިން - 10:48

އަލިފާނުގެ ހާދިސާއާ ގުޅިގެން ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

2 ދުވަސް ކުރިން - 23:52

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

3 ދުވަސް ކުރިން - 13:20