Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސިޓީ އަށް ފަސޭހަ މޮޅެއް، ތާވަލުގެ ފުލުގައި އޮތް ވުލްވްސް އަތުން ޓޮޓެންހަމަށް ޕޮއިންޓެއް

ސިޓީ އަށް ފަސޭހަ މޮޅެއް، ތާވަލުގެ ފުލުގައި އޮތް ވުލްވްސް އަތުން ޓޮޓެންހަމަށް ޕޮއިންޓެއް

އައިޝަތު އީމާން
346 ދުވަސް ކުރިން - 28 ސެޕްޓެންބަރު 2025 12:58
އާލިންގ ހާލަންޑު - މި މެޗުގައި އޭނާ ވަނީ ދެ ގޯލު ޖަހައިދީފައި - ފޮޓޯ: މެންޗެސްޓަރ ސިޓީ
އާލިންގ ހާލަންޑު - މި މެޗުގައި އޭނާ ވަނީ ދެ ގޯލު ޖަހައިދީފައި - ފޮޓޯ: މެންޗެސްޓަރ ސިޓީ
ޚުލާސާ

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން 1-5 ގެ ނަތީޖާއިން ސިޓީ މޮޅުވެފައިވާއިރު، އަމިއްލަ ދަނޑުގައި ވުލްވްސް އަތުން ޓޮޓެންހަމް އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާއަކުން.

އަމިއްލަ ދަނޑުގައި ބާންލޭ 1-5 ގެ ނަތީޖާއިން ބަލިކޮށް މެންޗެސްޓަރ ސިޓީން އެ ކުލަބުގެ އަސްލު ކުޅުން ރޭ ދައްކާލާފައިވާއިރު ތާވަލުގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތް ވުލްވްސް އަށް ޓޮޓެންހަމުން ޕޮއިންޓެއް ދީފިއެވެ.

ފަސޭހަކަމާއެކު މޮޅުވި މެޗުގައި ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ގޯލަކީ ބާންލޭގެ ޑިފެންޑަރު މެކްސިމް އެކްސްޓީވް އަތުން 12 ވަނަ މިނެޓުގައި ބައިކޮޅަށް ވަތް ގޯލެކެވެ. ބާންލޭއަށް އެއްވަރުކޮށްދިން ގޯލު ޖަހައިދިނީ 38 ވަނަ މިނެޓުގައި ޖައިޑަން އެންތޮނީ އެވެ. ސިޓީއަށް އަލުން ލީޑު ލިބުނު ގޯލު 61 ވަނަ މިނެޓުގައި ޖަހައިދިނީ މެތިއަސް ނުނޭސް އެވެ. އޭގެ ހަތަރު މިނެޓު ފަހުން އެކްސްޓީވް ވަނީ އިތުރު ގޯލެއް ބައިކޮޅަށް ވައްދާލާފައެވެ. ހަތަރުވަނަ އަދި ފަސްވަނަ ގޯލު މެޗުގެ 90 މިނެޓަށްފަހު ޖަހައިދިނީ ފޯވާޑު ހާލަންޑެވެ. މިއީ ހާލަންޑު ލީގުގައި ކާމިޔާބުކުރި އަށް ވަނަ ގޯލެވެ. ލަނޑު ލިސްޓުގެ ކުރީގައި އެއްވަނައިގައި ހާލަންޑު އޮތްއިރު ދެވަނައިގައި އުޅެނީ ބާންލޭގެ ޖައިޑަން އެންތޮނީއެވެ.

މި މޮޅާއެކު ސިޓީ މިވަގުތު އޮތީ 10 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައެވެ. ބާންލޭ އޮތީ ހަަތަރު ޕޮއިންޓާއެކު 17 ވަނައިގައެވެ.

Advertisement

Advertisement 1

ތާވަލުގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތް ވުލްވްސް އަތުން ޓޮޓެންހަމް އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާއިންނެވެ. ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި ވުލްވްސްގެ ޑިފެންޑަރު ސަންޓިއާގޯ ބުއޭނޯ ގޯލެއް ޖަހާފައިވަނިކޮށް ޓޮޓެންހަމަށް މެޗު އެއްވަރުކޮށްދިނީ ފަހު މިނެޓުގައި ޕަލިންހާއެވެ.

މިވަގުތު ތާވަލުގެ ތިން ވަނައިގައި ޓޮޓެންހަމް އޮތީ 11 ޕޮއިންޓާއެކުގައެވެ. މެޗުން ލިބުނު އެއް ޕޮއިންޓާއެކު ވުލްވްސް އަދިވެސް އޮތީ ފުލުގައެވެ.

މެންޗެސްޓަރ ސިޓީޓޮޓެންހަމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހާލަންޑްގެ ދެ ލަނޑާއެކު މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅުކޮށްފި

ހާލަންޑްގެ ދެ ލަނޑާއެކު މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅުކޮށްފި

9 ގަޑިއިރު ކުރިން - 09:54

ހާލަންޑު އޭނާގެ މަޝްހޫރު ދިގު އިސްތަށިގަނޑު ކޮށާލައިފި

ހާލަންޑު އޭނާގެ މަޝްހޫރު ދިގު އިސްތަށިގަނޑު ކޮށާލައިފި

17 ދުވަސް ކުރިން - 15:31

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

71 ދުވަސް ކުރިން - 23:04

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

107 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

107 ދުވަސް ކުރިން - 12:14

ސިޓީގެ ތާރީހު ބަދަލުކޮށްލި ގާޑިއޯލާ އެ ކުލަބު ދޫކޮށްލަނީ؛ ސްޓޭޑިއަމްގެ ސްޓޭންޑެއްގެ ނަން އޭނާގެ ނަމަށް ބަދަލުކުރަނީ

ސިޓީގެ ތާރީހު ބަދަލުކޮށްލި ގާޑިއޯލާ އެކުލަބު ދޫކޮށްލަނީ

109 ދުވަސް ކުރިން - 23:13