Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޒަބި އެލޮންޒޯއާއެކު އިންވިންސިބަލް ހޯދިދާނެކަމަށް ހީކޮށްގެން ތިިއްބާ ހަޑިގޮތަކަށް އެތްލެޓިކޯ އަތުން ބަލިވެއްޖެ

ޒަބި އެލޮންޒޯއާއެކު އިންވިންސިބަލް ހޯދިދާނެކަމަށް ހީކޮށްގެން ތިިއްބާ ހަޑިގޮތަކަށް އެތްލެޓިކޯ އަތުން ބަލިވެއްޖެ

އައިޝަތު އީމާން
346 ދުވަސް ކުރިން - 28 ސެޕްޓެންބަރު 2025 09:06
ރިއަލް މެޑްރިޑުގެ ކޯޗު (ކ)، އެތްލެޓިކޯ މެޑްރިޑުގެ ކޯޗު (ވ).
ރިއަލް މެޑްރިޑުގެ ކޯޗު (ކ)، އެތްލެޓިކޯ މެޑްރިޑުގެ ކޯޗު (ވ).
ޚުލާސާ

މި މެޗާ ކުރިމަތިލިއިރު ފާއިތުވި އެއްވެސް މެޗަކުން މެޑްރިޑް ބަލިވެފައެއް ނުވޭ. މިއީ މެޑްރިޑްގެ ސަޕޯޓަރުން އަދި ކުލަބަށް ހިތްދަތި ނަތީޖާއެއް. މެޑްރިޑް ބަލިވީ 2-5 އިން.

ގޯލަކަށް ފަހު ގޯލެއްޖަހައި ވަރުގަދަ މެޑްރިޑް ޑަރބީ އެތްލެޓިކޯ މެޑްރިޑުން ކާމިޔާބުކޮށްފި އެވެ. އަމިއްލަ ދަނޑުގައި އެތްލެޓިކޯއިން މެޗު ކާމިޔާބުކުރީ 1-5 ގެ ނަތީޖާއިންނެވެ.

ލަލީގާގައި އަދި ސީޒަނުގައި ވެސް މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާއިރު ރިއަލް މެޑްރިޑުގެ ސަޕޯޓަރުން ތިބީ އިންވިންސިބަލް ނުވަތަ އެއްވެސް މެޗަކުން ބަލިނުވެ ލީގު ނިންމާލުގެ އަޒުމެއްގައެވެ. މިހާތަނަށް އެ ލަގަބު ލިބިފައިވަނީ ވެސް ރިއަލް މެޑްރިޑަށެވެ. 1931/32 ސީޒަނުގައި "މެޑްރިޑް އެފްސީ" ނަމުގައި އޭރު ކުޅުނު ރިއަލް މެޑްރިޑް މެޗަކުން ބަލިނުވެ ވަނީ އެ ލަގަބު ހޯދާފައެވެ. އޭރު ލީގުގައި ވާދަކުރީ ޖުމްލަ 10 ކުލަބެވެ. ދެވަނަ އަށް ދިޔައީ އެތެލެޓިކް ކުލަބެވެ. ތިންވަނަ ވާދަވެރި ބާސެލޯނާއެވެ.

އެއީ މާޒީއެވެ. މި ޖީލުގެ ކޮންމެ ސަޕޯޓަރެއް ކޮންމެ ކުޅުންތެރިއެއް ވެސް އެ ލަގަބު ބޭނުންވާނެ އެވެ. ފޮނިކެނޑުމުގެ ބޭނުމުގައެވެ. ވާދަވެރިކަމުގެ ސަބަބުންނެވެ. އެ ހުވަފެނުގައި ސީޒަން ފެށި ރިއަލް މެޑްރިޑަށް ވާދަވެރި އެތްލެޓިކޯއިން މިވަނީ "ހޭ" ހަދާލާފައެވެ. ބަލިވީ ވެސް ހިތި ގޮތަކަށް 2-5 ގެ ނަތީޖާއިންނެވެ.

Advertisement

Advertisement 1

ހޮނިހިރު ދުވަހުގެ ރޭ އެތްލެޓިކޯގެ ސިޓިވާސް މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި އެތްލެޓިކޯއިން ވަނީ ގޯލުޖަހައި މެޑްރިޑް ހާސްކޮށްލާފައެވެ. މެޗުގެ 14 ވަނަ މިނެޓުގައި ލި ނޯމަންޑު ގޯލެއް ޖަހާފައިވަނިކޮށް ދެ ގޯލު ޖަހައި މެޑްރިޑުން ވަނީ ލީޑު ނަގާފައެވެ. 25 ވަނަ މިނެޓުގައި އެމްބާޕޭ ގޯލެއް ޖަހާފައިވާއިރު މެޑްރިޑަށް ފިނި ކަމެއް ލިބުނީ 36 ވަނަ މިނެޓުގައި އަރްދަރ ގުލާގެ ގޯލުންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ކުޑަ ތަންކޮޅެއް ވެފައިވަނިކޮށް އެތްލެޓިކޯގެ ފޯވާޑު ސޯލޮތް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޑްރިޑުން އުންމީދެއްގައި ދެވަނަ ހާފު ފެށި ނަމަވެސް 51 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގެ ބޭނުން ހިފައި ޖޫލިއަން އަލްވަރޭސް ވަނީ ދެވަނަ ފަހަރަށް އެތްލެޓިކޯ އަށް ލީޑު ހޯދައިދީފައެވެ. އަދި 63 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމެއް ވައްދާލާ ޖޫލިއަން އަލްވަރޭސް ވަނީ ލީޑު ފުޅާކޮށްދީ މެޑްރިޑްގެ ހިތްތައް ކުދިކުދިކޮށްލާފައެވެ. އެތްލެޓިކޯގެ ފަސް ވަނަ ލަނޑަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުން އެރި ގްރީޒްމަން ޖެހި ގޯލެކެވެ.

މި މެޗުގައި އަލްވަރޭސް ދެ ގޯލު ޖަހާފައިވާއިރު ނިމިދިޔަ ހަފްތާގައި ރަޔޯ ވައެކާނޯ ފަހަތުން އަރައި ބަލިކުރި މެޗުގައި އޭނާ ވަނީ ހެޓްރިކް ހަދާފައެވެ. ލަލީގާގައި މިހާތަނަށް އޭނާ ހަ ގޯލު ޖަހައިގެން ލަނޑު ލިސްޓުގެ ދެވަނައިން ޖާގަ ހޯދާފައިވާއިރު އެއްވަނައިގައި އުޅެނީ އަށް ގޯލާއެކު އެމްބާޕޭ އެވެ.

އެތްލެޓިކޯ މެޑްރިޑްރިއަލް މެޑްރިޑްސްޕެނިޝް ލަލީގާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑުން އިންޓަރ މިލާން ބަލިކޮށްފި

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑުން އިންޓަރ މިލާން ބަލިކޮށްފި

9 ގަޑިއިރު ކުރިން - 09:36

މަލާގާ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

މަލާގާ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

9 ދުވަސް ކުރިން - 22:27

ނޫސްވެރިއަކަށް މޮރީނިއޯގެ އިންޒާރެއް: "އަހަރެންގެ ގޯސް ވާހަކަ ދައްކަންޏާ ފަހަތުން އަޅުވާލާނަން"

ނޫސްވެރިއަކަށް މޮރީނިއޯގެ އިންޒާރެއް: "އަހަރެންގެ ގޯސް ވާހަކަ ދައްކަންޏާ ފަހަތުން އަޅުވާލާނަން"

14 ދުވަސް ކުރިން - 13:17

100 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގަކަށް، ޑިއޮމާންޑޭ ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވެއްޖެ

100 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގަކަށް، ޑިއޮމާންޑޭ ރެއާލަށް ބަދަލުވާން އެއްބަސްވެއްޖެ

44 ދުވަސް ކުރިން - 01:10

ޔަން ދިއޮމާންޑޭ ހޯދުމުގެ ރޭހުގައި ރެއާލް މެޑްރިޑް ކުރީގައި

ޔަން ދިއޮމާންޑޭ ހޯދުމުގެ ރޭހުގައި ރެއާލް މެޑްރިޑް ކުރީގައި

45 ދުވަސް ކުރިން - 19:01

ރެއާލް މެޑްރިޑަށް ދާން އުޅެ އެންޒޯ ފެނާންޑޭޒް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި: ޗެލްސީ ދޫކޮށްލުމުގެ ފުރުސަތު ހަނިވެއްޖެ

ރެއާލް މެޑްރިޑަށް ދާން އުޅެ އެންޒޯ ފެނާންޑޭޒް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި

45 ދުވަސް ކުރިން - 14:55