ސައޫދީން ހިޒްބުالله އަށް އިޖާބަ ދީފި ނަމަ ގެފުޅަށް ނުރައްކާ؟

ޢަބްދުﷲ ޖުނައިދު | 9 ދުވަސް ކުރިން - 21 ސެޕްޓެންބަރު 2025 11:58
ހިޒްބުاللهގެ ލީޑަރު ނަޢީމް ޤާސިމް: އޭނާ އެދިވަޑައިގަތީ ސައޫދީން އިޒްރޭލާއި ހަނގުރާމަކުރުމަށް ހިޒްބުالله އާއި އެކު ބައިޢަތު ހިފުމަށް. / ފޮޓޯ: ރޮއިޓާސް.
ހިޒްބުاللهގެ ލީޑަރު ނަޢީމް ޤާސިމް: އޭނާ އެދިވަޑައިގަތީ ސައޫދީން އިޒްރޭލާއި ހަނގުރާމަކުރުމަށް ހިޒްބުالله އާއި އެކު ބައިޢަތު ހިފުމަށް. / ފޮޓޯ: ރޮއިޓާސް.
ޚުލާސާ

ސައޫދީ އަރަބިއްޔާއިން މާޒީ ހަނދާންނައްތާލައި ހިޒްބުالله އާއި އެކު ބައިޢަތު ހިފައި އިޒުރޭލާއި ދެކޮޅަށް ހަނގުރާމައަށް ނުކުތުމަށް ހިޒްބުاللهއިން ގޮވާލައިފި.

ސުންނީ މުސްލިމުންނާއި ބީރައްޓެހި ޝިއާ-އީރާނުގެ ތާއީދު އޮންނަ ލުބުނާނުގެ ޖަމާޢަތް ކަމަށްވާ ހިޒްބުالله އާއި އެކު ސައުދީ އަރަބިއްޔާ ބައިވެރިވެ އިސްރާއީލާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އެ ޖަމާޢަތުގެ ލީޑަރު ނަޢީމް ޤާސިމް ގޮވައިލައްވައިފިއެވެ. އޭނާ ސައޫދީ އަށް މިގޮތަށް ގޮވައިލެއްވިއިރު ސައުދީ އަކީ ހަނގުރާމަތަކުގެ ތެރެއަށް ވަންނަން ބޭނުންވާ ޤައުމެއް ނޫނެވެ. ސައުދީން ބޭނުންވަނީ މާތްވެގެންވާ ގެފުޅު ހުރި ބިމާއި މަދީނާގެ ބިން ރައްކާތެރިކޮށް ބެލެހެއްޓުމަށްކަން ފާހަގަ ކުރެވެއެވެ.

ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ އީރާނުގެ ބަހަށް ވިޔަސް، ސައޫދީ ޢަރަބިއްޔާ އިން ހަނގުރާމައިގެ ތެރެއަށް ވަދެއްޖެނަމަ މާތްވެގެންވާ ގެފުޅަށް ޙައްޖުގެ އަޅުކަމާއި ޢުމްރާގެ އަޅުކަމަށް ދިޔުމަށް ހުރަސް އެޅޭނެއެވެ. ސަބަބަކީ މުސްލިމުންނާއި ދެކޮޅު ފަރާތްތަކުން ފުލައިޓުތަކަށް ވެސް ޙަމަލާ ދިނުމަކީ ގާތް ކަމެއް ކަމަށް ވާތީއެވެ.

އީރާނުގެ މަދަދުވެރި ޖަމާޢަތުން ސައޫދީ އަށް މިހާރު ގޮވަމުން ދަނީ އެ މީހުންނާއި އެކު ހަނގުރާމައަށް ނުކުތުމަށާއި އޮންނަ ގުޅުމުގައި "އާ ޞަފްޙާއެއް ހުޅުވުމަށް" އަދި މާޒީގެ މައްސަލަތައް އެއްފަރާތްކޮށް އިސްރާއީލާއި ދެކޮޅަށް ތެދުވެ ވަރުގަދައަށް ހަނގުރާމަކުރުމަށެވެ.

ޓީވީން ދެއްކެވި ޚިޠާބުގައި ޤާސިމް ފާހަގަކުރެއްވި ގޮތުގައި ހިޒްބުاللهގެ ހަތިޔާރު އަމާޒުކޮށްފައިވަނީ ހަމައެކަނި އިސްރާއީލަށް ކަމަށާއި ސައުދީ އަރަބިއްޔާއަށް ނުވަތަ އެހެން ޢަރަބި ދައުލަތަކަށް ނޫން ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ކުރިން ސައޫދީ އަށާއި މުސްލިމު ދައުލަތްތަކަށް ހިޒްބުاللهގެ ސަބަބުން ގެއްލުން ވިޔަސް ދެން އެފަދަ ކަމެއް ނުވާނެ ކަމަށެވެ.

އެހެންނަމަވެސް، ހިޒްބުاللهގެ ދަލުގައި ސައޫދީ ސަރުކާރު ޖެހިއްޖެނަމަ އެކަމުގެ ސަބަބުން މުސްލިމު އުންމަތް ވަރަށް ބޮޑު އަޑިގަނޑަކަށް މި ދަނޑިވަޅު ވެއްޓޭނެ ކަމަށް ބެލެވެއެވެ. ސަބަބަކީ ހަތިޔާރާއި ޓެކްނޮލޮޖީގެ ގޮތުން ވެސް މުސްލިމުން ބަލިކަށިވުމާއި، އިސްރާއީލާއި ގުޅިފައިވާ ޤައުމުތަކުގެ މެދުގައި މުސްލިމު ދައުލަތްތައް “ފިތިފައި” ވާތީއެވެ.

މުސްލިމު ދައުލަތްތަކުގެ ތެރެއިން އެންމެ ބާރުގަދަ ހަތިޔާރު ހުރި ޕާކިސްތާނަކީ ބޭރުގެ ހަނގުރާމައިގެ ތެރެއަށް ވަންނަން ބޭނުންވާ ޤައުމެއް ނޫނެވެ. އެ ޤައުމުން މަސައްކަތް ކުރަނީ ދާޚިލީ ހަނގުރާމަތައް ހުއްޓުވޭތޯއެވެ. ދެން އޮތީ ތުރުކީވިލާތެވެ. އެ ޤައުމަކީ ނޭޓޯގެ މެންބަރެކެވެ. އީރާނަކީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރަމުންދާ ހަބެއް ނަމަވެސް، ސުންނީންނާއި ޝިޢާއިންގެ ފިތުނައިގެ ސަބަބުން ސައޫދީ އާއި އީރާން އުޅެނީ އެއްގަލަކަށް ނޭރިގެންނެވެ. މިއީ ތުރުކީވިލާތުން ވަކާލާތުކުރި މުސްލިމު އަސްކަރީ ޖަމާޢަތެއް ހެދުމަށް ސައޫދީން ދެކޮޅުހެދި އެއ ސަބަބެވެ.

ކޮންމެޔަކަސް، ޤާސިމްގެ މި އެދިވަޑައިގަތުމަކީ ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް ނުވަތަ އިތުރަށް ގޯސް ވެދާނެ ފިޔަވަޅެއް ކަމަށް ބެލެވެއެވެ. ސަބަބަކީ އީރާނާއި އެކު އޮންނަ ރަސްކަމުގެ ޒަމާންވީ ވާދަވެރިކަމާއި، ހިޒްބުالله އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި 2016 ވަނަ އަހަރު ސައުދީން ކަނޑައަޅާފައި ވުމާއި 2021 ވަނަ އަހަރު ލުބުނާނާ އެކު ޑިޕްލޮމެޓިކް އަދި އިޤްތިޞާދީ ގުޅުން ކަނޑާލާފައިވާއިރު، މެދުއިރުމަތީގެ މިހާރުގެ ޙާލަތްތަކަށް ސައޫދީން ރިޢާޔަތްކުރާނެތީއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 4 ކޮމެންޓް

0%
0%
0%
0%
0%

ބީރުބޯ.

7 ދުވަސް ކުރިން - 22:26

ސައުދީ އެއީ ކިހިނެތް ސުންނީވީ ގައުމެއް؟ ސުންނީ ލޭބަލްޖެހި ޔަހޫދީ ދައުލަތެއް.

ބިތު ފަންގި

7 ދުވަސް ކުރިން - 21:13

ސުައްނީ މުސްލިމުން ނާއި ޝިޣާ މުސްލިމުންގެ މެދު ގައި ފިތުނަ އާލާ ކޮށް ތާޒާ ކުރުމަށް މަގު ފަހި ކުރާ ލިޔުމެއް

ނަޝީދު

8 ދުވަސް ކުރިން - 20:19

ގެފުޅު ހިމާޔަތް ކުރާށޭ ކިޔާގެން ހުރިހާ މުސްލިމުން މަރާ ހުސްކުރާތަން ބަލަން ތިބޭ އެންމެން މެރީމަ ކީއްކުރާ ގެފޫޅެއް ކާކު ދެން އެތަނައް އަޅުކަމައް ދާނި މިހާކު ނެތްނަމަ...

ޙަނޫން

8 ދުވަސް ކުރިން - 09:54

މީ ސައޫދީ އެމްބަސީން ރުފިޔާދިނީމާ ލިޔެފަ އޮތް އެއްޗެއްތަ؟