Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދުނިޔޭގެ ޗެމްޕިއަން ބަލިކޮށް ޔުނައިޓެޑް ނުވަ ވަނައަށް ޖެހިލައިފި

ދުނިޔޭގެ ޗެމްޕިއަން ބަލިކޮށް ޔުނައިޓެޑް ނުވަ ވަނައަށް ޖެހިލައިފި

އައިޝަތު އީމާން
263 ދުވަސް ކުރިން - 20 ސެޕްޓެންބަރު 2025 23:35
ޔުނައިޓެޑް-ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑް
ޔުނައިޓެޑް-ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑް
ޚުލާސާ

ޗެލްސީއާ ވާދަކޮށް ޔުނައިޓެޑް 1-2 އިން މޮޅުވެފައިވާއިރު އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ޗެލްސީ މޮޅުވެފައެއް ނުވޭ.

ފުރަތަމަ ހާފުގައި ދެ ރަތްކާޑު ފެނިގެން ދިޔަ ފޯރިގަދަ މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބުކޮށް މެންޗެސްޓަރ ޔުނައިޓެޑް ތާވަލުގެ ނުވަ ވަނައަށް ޖެހިލައިފިއެވެ.

އޯލްޑް ޓްރެފޯޑުގައި ކުޅުނު މި މެޗުގެ ގޯލުތައް ފުރަތަމަ ހާފުގައި ޖަހާފައިވަނީ 14 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް އަދި 37 ވަނަ މިނެޓުގައި ކަސެމީރޯ އެވެ. ދެވަނަ ހާފު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ޗެލްސީގެ ގޯލު ޖަހާފައިވަނީ ޗަލޯބާއެވެ. 

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޗެލްސީގެ ކީޕަރަށް ރަތް ކާޑު ދައްކާފައިވަނީ އޭރިޔާ ބޭރުން ޔުނައިޓެޑުގެ ފޯވާޑު އެމްބޫމާ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. އެ ރަތްކާޑާއެކު ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ޓީމުގެ ފޯމޭޝަން ބަދަލުކޮށް ބައެއް ކުޅުންތެރިންވެސް ބަދަލުކޮށްފައެވެ. ނަމަވެސް އެ ބަދަލުތަކަކުން ޗެލްސީ އަށް ފައިދާއެއް ނުކޮށް ބައިކޮޅަށް ފުރަތަމަ ހާފުގައި ވަނީ ދެ ގޯލު ވަދެފައެވެ. 

Advertisement

Advertisement 1

ފުރަތަމަ ހާފު ނިމެން ކުޑައިރުކޮޅަކަށް ވެފައިވަނިކޮށް ޔުނައިޓެޑުގެ ކަސެމީރޯއަށް ވެސް ވަނީ ދެ ރީދޫ ކާޑާއެކު ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. މި ރަތްކާޑާއެކު ދެވަނަ ހާފުގައި ޗެލްސީ ކުޅުން ރަނގަޅު ކުރި ނަމަވެސް ނުރައްކާތެރި ހަމަލާތަކެއް ޔުނައިޓެޑުގެ ގޯލަށް ފޮނުވާލެވިފައެއްނުވެއެވެ. 

މި މޮޅާއެކު މިއީ މި ސީޒަނުގައި ކުޅުނު ހަ މެޗުން ޔުނައިޓެޑަށް ލިބުނު ދެވަނަ މޮޅެވެ. އެ ކުލަބުގެ ކޯޗު އަމޮރިމް ވަކިކުރުމަށް ގިނަ ސަޕޯޓަރުންގެ ފަރާތުން ގޮވާލަމުންދާ މި ދަނޑިވަޅުގައި އެނާއަށް މިރޭ މި ލިބުނު ކާމިޔާބީއަކީ އޭނާގެ މަގާމު ދަމަހައްޓަން ލިބުނު ފުރުސަތެކެވެ. 

ލީގުގައި ޗެލްސީ ވެސް މޮޅުވެފައިވަނީ ދެ މެޗުންނެވެ. އެ ކުލަބު މިވަގުތު އޮތީ ތާވަލުގެ ހަ ވަނައިގައެވެ. މާދަން ރޭ ސިޓީ އަދި ސަންދަލެންޑު މޮޅުވެއްޖެނަމަ ޗެލްސީ އެއަށް ވުރެ ދަށަށް ވެއްޓޭނެ އެވެ. 



މެންޗެސްޓަރ ޔުނައިޓެޑްޗެލްސީއިނގިރޭސި ޕްރިމިއަރ ލީގު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

10 ދުވަސް ކުރިން - 03:22

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

11 ދުވަސް ކުރިން - 19:29

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

16 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

17 ދުވަސް ކުރިން - 12:14

މިޑްލްސްބަރާ ބަލިކޮށް، ހަލް ސިޓީން އަލުން އިނގިރޭސި ޕްރިމިއާ ލީގަށް

ހަލް ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް

18 ދުވަސް ކުރިން - 22:55

ޕްރިމިއާ ލީގުގެ ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ބްރޫނޯ ފެނާންޑޭޒް ހޯދައިފި

ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ބުރޫނޯ ފެނާންޑޭޒް

18 ދުވަސް ކުރިން - 22:38