Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނެދަލެންޑްސް ގައި މުސްލިމުންގެ ގަޔަށް ކުޅު ޖަހަނީ

ނެދަލެންޑްސް ގައި މުސްލިމުންގެ ގަޔަށް ކުޅު ޖަހަނީ

ޢަބްދުﷲ ޖުނައިދު
315 ދުވަސް ކުރިން - 13 ސެޕްޓެންބަރު 2025 11:25
މީހަކު ދުފާލުމަށްފަހު މަގުމައްޗަށް ކުޅު ޖަހަނީ: ނެދަރލެންޑްސްގައި މުސްލިމުންގެ ގަޔަށް ކުޅު ޖަހާ މައްސަލަ ވަނީ ބޮޑުވެފަ. / ފޮޓޯ: ސޯޝަލްމީޑީއާ
މީހަކު ދުފާލުމަށްފަހު މަގުމައްޗަށް ކުޅު ޖަހަނީ: ނެދަރލެންޑްސްގައި މުސްލިމުންގެ ގަޔަށް ކުޅު ޖަހާ މައްސަލަ ވަނީ ބޮޑުވެފަ. / ފޮޓޯ: ސޯޝަލްމީޑީއާ
ޚުލާސާ

ނެދަލެންޑްސްގައި ރަސޫލާގެ ކާޓޫނު ކުރަހައި ހަޑިހުތުރު ބަހުން ލިޔެ މިސްކިތްތަކަށް އިންޒާރުގެ ނޯޓުތައް އަޅައި އަދި މުސްލިމުންގެ ގަޔަށް ކުޅު ވެސް ޖަހަނީ.

ޔޫރަޕްގެ ޤައުމެއް ކަމަށްވާ ނެދަލެންޑްސް ގައި މުސްލިމުންނަށް ފުރައްސާރަކޮށް، އެ މީހުންގެ ގަޔަށް ކުޅު ޖަހައި މިސްކިތްތަކަށް އިންޒާރުގެ ނޯޓުތައް އަޅަމުންދާ ކަމަށް ނެދަލެންޑްސްގެ މުސްލިމުންގެ ޖަމްޢިއްޔާ އަކުން ބުނެފިއެވެ.

އެ ޤައުމުގެ މިސްކިތްތަކާއިބެހޭ ޖަމްޢިއްޔާއިން ބުނީ މީގެ ދެތިންދުވަސް ކުރިން މިސްކިތްތަކަށް އިންޒާރުގެ ނޯޓުތައް ވެސް އަޅާފައިވާ ކަމަށާއި ލިޔެފައި ވަނީ ލެއިންނެވެ. އަދި އެ ކަރުދާސްތަކުގައި ރަސޫލާ (ޞޢވ)ގެ ކާޓޫނު ކުރަހައި އެ ކަލޭގެފާނުގެ އަބުރުފުޅާއި ބެހި ވަރަށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔައިފައިވާ ކަމަށާއި 9 މިސްކިތަކަށް އެފަދަ ނޯޓުތައް އަޅާފައިވާ ކަމަށެވެ. އޭގެތެރޭގައި ރޮޓަރޑަމް، އައިންޑްހޯވެން، އާންހެމް، ޓިލްބާގް، އަދި ދަ ހޭގްގައި ހުރި މިސްކިތައް ހިމެނޭ ކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ.

އެ ސިޓީތަކުގައި ނަބިއްޔާ އަށް ފުރައްސާރައިގެ ބަސްތައް ލިޔެ ކާޓޫންތައް ކުރަހާފައި ވަނީ މުސްލިމުންގެ މެދުގައި ނަފްރަތު އުފައްދަން ކަމަށާއި، އެއް ސިޓީއެއްގައި "މިއީ ޔޫރަޕްގައި އިސްލާމްދީނުގެ އެންމެ ފަހު ދުވަސްތައް" ކަމަށް ވެސް ބުނެފައިވާ ކަމަށް އެ ޖަމްޢިއްޔާ އާއި ޙަވާލާދީ ޚަބަރުތަކުގައި ވެއެވެ.

Advertisement

Advertisement 1

ނެދަލެންޑްސްގެ މިސްކިތްތަކާއި ބެހޭ ޖަމްޢިއްޔާއިން ބުނީ މިކަމުގެ ސަބަބުން އެ ޤައުމުގެ މުސްލިމުންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. އަދި އެ މީހުންގެ ހަނދާނަށް އަންނަނީ ނިއުޒީލެންޑްގެ ކްރައިސްޓްޗާޗްގެ ދެމިސްކިތަކަށް 2019 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާއާއި، ދާދިފަހުން ފްރާންސްގައި ނަމާދުކުރަން ހުއްޓާ މީހަކު މަރައިލި ހާދިސާއެވެ.

ނެދަލެންޑްސް މުސްލިމުން އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. އޭގެ ތެރޭގައި ބަހުގެ ޙަމަލާތަކާއި ކުރިމަތިލުމާއި، މަލާމާތް ކުރުމާއި ހުކުރު ނަމާދުގެ ޖަމާޢަތުގައި މިސްކިތްތަކުގެ ބޭރުގައި ނަމާދަށް ތިބޭއިރު އެމީހުންގެ ގަޔަށް ކުޅުޖެހުމާއި މިސްކިތުން ނުކުމެގެން އަންނަ މީހުންގެ ގަޔަށް ކުޅު ޖެހުން ފަދަ ކަންތަކެވެ.

ނެދަލެންޑްސްގައި 1 މިލިއަން މުސްލިމުން އުޅޭއިރު އަޅުކަން ކުރުމަށް ހުންނަނީ އެންމެ 610 މިސްކިތެވެ. 2019 ވަނަ އަހަރުން ފެށިގެން އެ ޤައުމުގައި ވަނީ މުސްލިމު އަންހެނުންނަށް މޫނުބުރުގާ އެޅުން މަނާކޮށްފައެވެ. ބުރުގާ އަޅައިގެން ނުވަތަ ނިވާކަން ބޮޑު ހެދުމެއް (ޚާއްޞަކޮށް އިސްލާމީ ކަޅު ހެދުމެއް) ލައިގެން އަންހެނަކު މަގުމަތިން ހިނގާފައި ދާނަމަ އެމީހެއްގެ ގަޔަށް ކުޅު ޖެހުމަކީ ވެސް އެ ޤައުމުގައި ހިނގަމުންދާ ކަމެކެވެ.

އެ ޤައުމުގެ ދެބައިކުޅަ އެއްބައި މީހުންނަކީ ކަލަކު ވޮޑިގެންވާ ކަމަށް ޤަބޫލު ނުކުރާ މީހުންނެވެ.

ނެދަރލެންޑްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވޯލްޑް ކަޕު ކާމިޔާބު ކުރާނެ ކަމަށް ބެލެވުނު ހޮލެންޑް، މޮރޮކޯ އަތުން ބަލިވެ މުބާރާތުން ކަޓައިފި

ވޯލްޑް ކަޕު ނަގާނެ ކަމަށް ބެލެވުނު ހޮލެންޑް ކަޓައިފި

26 ދުވަސް ކުރިން - 08:54

ނެދަލެންޑްސްއިން 5-1 އިން ސްވިޑަން ބަލިކޮށް، ގުރޫޕުގެ އެއްވަނައަށް ޖެހިލައިފި

ނެދަލެންޑްސްއިން 5-1 އިން ސްވިޑަން ބަލިކޮށް، ގުރޫޕުގެ އެއްވަނައަށް ޖެހިލައިފި

35 ދުވަސް ކުރިން - 08:35

ވޯލްޑް ކަޕުގައި ލޯތައް އަމާޒުވާނެ އާ 20 ކުޅުންތެރިން

ވޯލްޑް ކަޕުގައި ލޯތައް އަމާޒުވާނެ އާ 20 ކުޅުންތެރިން

45 ދުވަސް ކުރިން - 07:34

އާއަހަރު ފާހަގަ ކުރަނިކޮށް އަމްސްޓަޑަމްގެ ޗާޗުގައި ރޯވެއްޖެ

އާއަހަރު ފާހަގަ ކުރަނިކޮށް ޗާޗެއްގައި ރޯވެއްޖެ

205 ދުވަސް ކުރިން - 09:34

އެ މީހުން މުއްސަނދިވީ މުސްލިމުންގެ އަތުން ފޭރިގަތް ރަނުން

އެމީހުން މުއްސަނދިވީ މުސްލިމުންގެ އަތުން ފޭރިގަތް ރަނުން

234 ދުވަސް ކުރިން - 00:49