Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ އާ ވެބްސައިޓު އިފްތިތާހުކޮށްފި

ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ އާ ވެބްސައިޓު އިފްތިތާހުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
351 ދުވަސް ކުރިން - 11 ސެޕްޓެންބަރު 2025 21:59
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓު އިފްތިތާހުކުރުން /ފޮޓޯ: ވުޒާރާ
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓު އިފްތިތާހުކުރުން /ފޮޓޯ: ވުޒާރާ
ޚުލާސާ

ވެބްސައިޓަކީ މިހާތަނަށް ގުރުއާނާ ބެހޭ މަރުކަަޒަށް ހެދިގެންދިޔަ އެންމެ ފެންވަރު ރަނގަޅު، އާންމުންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާ ވެބްސައިޓެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރި

ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ އާ ވެބްސައިޓެއް އިފްތިތާހުކޮށްފި އެވެ. މި ވެބްސައިޓު އިފްތިތާހުކޮށްދެއްވާފައި ވަނީ، މިކަމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، މިއަދު އިފްތިތާހް ކުރެވިގެންދިޔަ އާ ވެބްސައިޓަކީ މިހާތަނަށް ގުރުއާނާ ބެހޭ މަރުކަަޒަށް ހެދިގެންދިޔަ އެންމެ ފެންވަރު ރަނގަޅު، އާންމުންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާ ވެބްސައިޓެއް ކަމަށެވެ. އެގޮތުން، މި ވެބްސައިޓު މެދުވެރިކޮށް ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ކުރިއަށް ގެންދާ ކޯސްތަކާއި، މަރުކަޒުން ބާއްވާ ގުރުއާން މުބާރާތްތަކުގެ އެންމެ ފަހުގެ އަދާހަމަތައް ވަގުތުން ބަލާލެވެނޭކަމަށް އެ ވުޒާރާއިން ބުންޏެވެ. މީގެ އިތުރުން، މަރުކަޒުގެ ހަބަރާއި މައުލޫމާތު މި ވެބްސައިޓުގެ ޒަރީއްޔާއިން އާންމުންނަށް ތާޒާކަމާއެކު ގެނެސްދެވިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރި އެވެ.

އެ ވުޒާރާއިން އިތުރަށް ބުނީ، ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ކީރިތި ގުރުއާނުގެ އިލްމު ފެތުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށެވެ.

Advertisement

Advertisement 1

އެގޮތުން، ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ފެންވަރު ރަނގަޅުކުރުމާއި ހާފިޒުންގެ ދަސްވެނިވުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވަން ފެށުމަކީ މިހާތަނަށް ކުރެވިފައިވާ މުހިންމު މަސައްކަތްތަކެއްކަން އެ ވުޒާރާއިން ފާހަގަކުރި އެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން ކީރިތި ގުރުއާނުގެ އިލްމު ދިވެހި މުޖުތަމައުގައި އިތުރަށް ފުޅާވެ، ދީނީ ރޫހު އާލާވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

63 ދުވަސް ކުރިން - 20:02

ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

106 ދުވަސް ކުރިން - 14:22

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީގެ ވަފުދެއް ރާއްޖެއަށް

ސައުދީގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި

111 ދުވަސް ކުރިން - 13:27

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

117 ދުވަސް ކުރިން - 15:01

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ؛ ފުރަތަމަ ކުއާޓަރުގައި 45 މިލިއަން ރުފިޔާ ލިބިފައިވޭ

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ

120 ދުވަސް ކުރިން - 18:00

ހައްޖާއި އުމްރާ އާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

ހައްޖާއި އުމްރާއާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

129 ދުވަސް ކުރިން - 12:52

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%