ވޯލްޑް ކަޕް ކޮލިފިކޭޝަނުގައި ސްޕެއިން އަދި ބެލްޖިއަމަށް ތަފާތު ބޮޑު މޮޅެއް

އައިޝަތު އީމާން | 40 ދުވަސް ކުރިން - 8 ސެޕްޓެންބަރު 2025 11:56
ސްޕެއިން އަދި ތުރުކީ ބައްދަލުކުރި މެޗުގައި އޮޔާޒަބަލް. އޭނާ ވަނީ ދެ އެސިސްޓް މި މެޗުގައި ކޮށްދީފައި - ފޮޓޯ: ރޮއިޓާސް
ސްޕެއިން އަދި ތުރުކީ ބައްދަލުކުރި މެޗުގައި އޮޔާޒަބަލް. އޭނާ ވަނީ ދެ އެސިސްޓް މި މެޗުގައި ކޮށްދީފައި - ފޮޓޯ: ރޮއިޓާސް
ޚުލާސާ

ސްޕެއިން އަދި ބެލްޖިއަމް މޮޅުވެފައިވަނީ 0-6 ގެ ނަތީޖާއިން. ޖަރުމަން، ނެދަރލެންޑް އަދި ޕޮލެންޑް ވެސް ރޭ ވަނީ މޮޅުވެފައި.

ޔޫރަޕް ބައްރުގައި ވޯލްޑް ކަޕުގެ ކޮލިފިކޭޝަންސްގެ މެޗުތައް މި ހަފްތާގައި ފަށާފައިވާއިރު އާދީއްތަ ދުވަހުގެ ރޭ ސްޕެއިން އަދި ބެލްޖިއަމް މިވަނީ ތަފާތު ބޮޑު ނަތީޖާތަކުން މޮޅުވެފަ އެވެ.

ތުރުކީއާ ދެކޮޅަށް ސްޕެއިން ނިކުމެ 0-6 ގެ ނަތީޖާއިން ތުރުކީ ބަލިކޮށްފައިވާއިރު ބެލްޖިއަމުން ވަނީ ކަޒްކަސްތާން 0-6 ގެ ނަތީޖާއިން ބަލިކޮށްފައެވެ. ސްޕެއިން މެޗުގައި މެރީނޯ ހެޓްރިކެއް ހަދާފައިވާއިރު ޕެޑްރީ ވަނީ ދެ ގޯލު ކާމިޔާބުކޮށްފަ އެވެ. ދެން ގޯލު ޖަހާފައިވަނީ ފެރަން ޓޮރޭސް އެވެ. ބެލްޖިއަމްގެ ގޯލުތައް ޖަހާފައިވަނީ ޑި ބްރޫނޭ ދެ ގޯލު، ޑޮކޫ ދެ ގޯލު އަދި ނިކޮލަސް ރަސްކިންއާއި މުނިޔާ މިއިން ކޮންމެ ކުޅުންތެރިއެއް ގޯލެކެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާތައް:

ޖަރުމަން 3-1 ނޮދަން އައިލެންޑް

ލަގްޒަމްބާގް 0-1 ސްލޮވާކިއާ

ޖިއޯޖިއާ 3-0 ބަލްގޭރިއާ

ލިތިއޭނިއާ 2-3 ނެދަލޭންޑްސް

ޕޮލެންޑް 3-1 ފިންލެންޑް

ނޯތް މަސެޑޯނިއާ 5-0 ލިކްޓުންސްޓައިން

މީގެ އިތުރުން ވޯލްޑް ކަޕް ކޮލިފިކޭޝަނުގައި އެފްރިކާ ބައްރުގެ މެޗެއް ވެސް ރޭގައި ވަނީ ކުޅެފަ އެވެ. ސެންޓްރަލް އެފްރިކަން ރިޕަބްލިކް އާއި ކޮމޯރޮސް ބައްދަލުކުރި މެޗު 0-2 ގެ ނަތީޖާއިން ކާމިޔާބުކޮށްފައިވަނީ ކޮމޯރޮސް އެވެ.

ކޮލިފިކޭޝަންގެ މެޗުތައް މިރޭ ވެސް އޮންނައިރު ޔޫރަޕް ބައްރުގެ ހަތް މެޗެއް އަދި އެފްރިކާ ބައްރުގެ އަށް މެޗެއް ކުޅެން ވަނީ ހަމަޖެހިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%