ބާސެލޯނާ އެއްވަރު، ރިއަލް ތާވަލުގެ އެއްވަނައިގައި

އައިޝަތު އީމާން | 2 ދުވަސް ކުރިން - 1 ސެޕްޓެންބަރު 2025 10:30
މި މެޗުގައި ވައެކޯނާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައި.
މި މެޗުގައި ވައެކޯނާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައި.
ޚުލާސާ

ރައޯ ވައެކާނޯ އާ ކުޅެ ބާސެލޯނާ އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާއިން. ތާވަލުގެ އެއްވަނައިގައި މެޑްރިޑް އޮތީ ގޯލުގެ ތަފާތުން.

ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ ރަޔޯ ވައެކާނޯއާ ކުޅެ 1-1 ނަތީޖާއިން އެއްވަރުވެ ބާސެލޯނާއާށް ދެ ޕޮއިންޓު ގެއްލިއްޖެ އެވެ.

ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއެއް ޔަމާލް ގޯލަށް ވައްދާލާ ބާސެލޯނާއަށް 40 ވަނަ މިނެޓުގައި ލީޑު ނަގާފައިވަނިކޮށް 67 ވަނަ މިނެޓުގައި ރަޔޯ ވައެކާނޯއިން ނަތީޖާ ހަމަހަމަކޮށްދިން ގޯލު ޖަހައިދިނީ ފްރަން ޕެރޭޒެވެ.

ލަލީގާގައި މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު އެއްވެސް މެޗަކުން ބަލިނުވެ ފަސް ޓީމު އެބައޮތެވެ. އެއީ ތިން މެޗުން މޮޅުވެ އެއްވަނައިގައި އޮތް ރިއަލް މެޑްރިޑާއި އެ އަދަދަށް ޕޮއިންޓު ހޯދައިގެން ދެވަނައިގައި އޮތް އެތްލެޓިކް ކުލަބުގެ އިތުރުން ހަތް ޕޮއިންޓު ހޯދައިގެން ވިޔަރެޔާލާއި ބާސެލޯނާގެ އިތުރުން އެސްޕަންޔޯލެވެ.

މި މެޗުގައި ވައެކާނޯގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ބާސެލޯނާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ. ޖުމްލަ ހަ ހަމަލާ ގޯލުގެ ތިން ދަނޑިން އެތެރެއަށް ވައެކޯނާއިން ފޮނުވާފައިވާއިރު ބާސެލޯއަށް ފޮނުވާލެވިފައިވަނީ ތިން ހަމަލާއެވެ.

ވާދަވެރި ރިއަލް މެޑްރިޑް މިދިޔަ ބުރާސްފަތި ދުވަހު މަޔޯކާއާ ކުޅެ ވަނީ 1-2 ގެ ނަތީޖާއިން މޮޅުވެފައެވެ. މަޔޯކާގެ މައްޗަށް ރިއަލް ކުރި ހޯދާފައިވަނީ މަޔޯކާ ލީޑު ނަގާފައިވަނިކޮށެވެ. މެޗުގައި ޖެހި ތިން ގޯލުވެސް ފެނިފައިވަނީ ފުރަތަމަ ހާފުގައި ކަމަށްވާއިރު މެޑްރިޑްގެ ގޯލުތައް ޖަހާފައިވަނީ ވިނީޝިއަސްގެ އިތުރުން އަރްދަން ގުލާ އެވެ. މަޔޯކާގެ ހަމައެކަނި ގޯލު ޖަހާފައިވަނީ ވިދާތް މުރިގީ އެވެ. މި މެޗުގައި ރިއަލް މެޑްރިޑްގެ ތިން ގޯލު ވަނީ ވީއޭރު ބެލުމަށްފަހު ކެންސަލް ކޮށްލާފައެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%