Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދުވަހަކު ޕްރިމިއަރ ލީގު ނުކުޅޭ ޓީމެއްގެ އަތުން ޔުނައިޓެޑް ކަރަބޯ ކަޕުން ކަޓައިފި

ދުވަހަކު ޕްރިމިއަރ ލީގު ނުކުޅޭ ޓީމެއްގެ އަތުން ޔުނައިޓެޑް ކަރަބޯ ކަޕުން ކަޓައިފި

އައިޝަތު އީމާން
332 ދުވަސް ކުރިން - 28 އޯގަސްޓް 2025 09:18
82 މިލިއަން ޔޫރޯ އަށް ޔުނައިޓެޑަށް ގެނައި އެމްބޫމާ.
82 މިލިއަން ޔޫރޯ އަށް ޔުނައިޓެޑަށް ގެނައި އެމްބޫމާ.
ޚުލާސާ

ކަރަބޯ ކަޕުން ޔުނައިޓެޑް ކަޓާފައި މިވަނީ ހަތަރުވަނަ ޑިވިޝަންގެ ޓީމެއްގެ އަތުން. މިއީ ޔުނައިޓެޑުގެ ތާރީހުގައި ވެސް އަލަށް ހިނގި ކަމެއް.

މިއީ ދުނިޔޭގެ އެންމެ މަޝްހޫރު ކުލަބުގެ މި ޖީލުގެ ސަޕޯޓަރުންނަށް މާޔޫސް ދުވަހެކެވެ. އަދި އިދިކޮޅު ބައެއް ކުލަބު ތަކުގެ ސަޕޯޓަރުން ކަލަންޑަރުގައި ފާހަގަކުރާނެ ދުވަހެކެވެ. އާދެ، އިނގިރޭސީ ޕްރިމިއަރ ލީގުގައި އެންމެ ކާމިޔާބު ކުލަބު މިވަނީ އަލަށް ހަތަރު ވަނަ ޑިވިޝަންގެ ޓީމެއްގެ އަތުން ބަލިވެ މުބާރާތުން އަލްވަދާޢު ކިޔާފައެވެ.

ކަރަބޯ ކަޕުގައި ބުދަ ދުވަހުގެ ރޭ ޔުނައިޓެޑް ކުޅެފައިވަނީ ޑިވިޝަން ހަތަރެއްގައި ކުޅޭ ގްރިމްސްބީ ޓައުން ކިޔާ ޓީމެއްގެ އަތުންނެވެ. މިވަގުތު އެ ލީގުގެ 10 ވަނައިގައި އޮތް މި ކުލަބު އަތުން ޔުނައިޓެޑް ބަލިވެފައިވަނީ 90 މިނެޓު ހަމަވެ އިތުރު ވަޤުތު ކުޅުނު ދެ ހާފު 2-2 ގެ ނަތީޖާއިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފު 0-2 ގެ ނަތީޖާއިން ގްރިމްސްބީ ލީޑު ނަގާފައިވަނިކޮށް ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކޮށްފައިވަނީ ފަހު ހާފުގެ 75 ވަނަ މިނެޓު އަދި 89 ވަނަ މިނެޓުގައި ގޯލުތައް ޖަހައިގެންނެވެ. ގްރިމްސްބީ އަށް ގޯލުތައް ޖަހާފައިވަނީ ޗާލްސް ވާނަމް އަދި ޓީރެލް ވަރެން އެވެ. ޔުނައިޓެޑުގެ ގޯލުތައް ޖަހާފައިވަނީ އަލަށް އެ ކުލަބާ ގުޅުނު ފޯވާޑު އެމްބޫމޯ އާއި ޑިފެންޑަރު މަގުއިރޭ އެވެ.

Advertisement

Advertisement 1

ޕެނަލްޓީ ޝޫޓްއަޓުގައި 26 ޕެނަލްޓީ ޖަހާފައިވާއިރު ޔުނައިޓެޑް ބަލިވެފައިވަނީ 11-12 އިންނެވެ. ޔުނައިޓެޑުގެ ޕެނަލްޓީތައް ނާކާމިޔާބުކޮށްލާފައިވަނީ މި ސީޒަނަށް އެޓީމާ އަލަށް ގުޅުނު ދެ ފޯވާޑުން ކަމަށްވާ އެމްބޫމާ އާއި މެތިއުސް ކުންހާ އެވެ.

މި ސީޒަނުގައި ކުޅުނު އެއްވެސް މެޗަކުން އަދި ޔުނައިޓެޑް މޮޅުވެފައި ނުވާއިރު އެ ކުލަބުގެ ކޯޗު ރުބެން އަމޮރިމް ވަކިކުރުމުގެ އަޑު ސަޕޯޓަރުންގެ މެދުގައި މިވަނީ ގަދަވެފަ އެވެ. ޕްރިމިއަރ ލީގުގައި އެންމެ ފަހުން ކުޅުނު 29 މެޗުން އެ ކުލަބަށް ލިބިފައިވަނީ 28 ޕޮއިންޓެވެ. މިއީ ހަމަ ގައިމުވެސް މިފަދަ ކުލަބެއްގެ ސަޕޯޓަރުން ލަދުގަންނާނެ ފަދަ ނަތީޖާތަކެވެ. އަދި އަމޮރިމް އިސްތިއުފާ ދޭންޖެހޭ ވަޤުތު ވެސް މެއެވެ. އަދި ޔުނައިޓެޑުގެ ބޯޑުން، ސަޕޯޓަރުންގެ ހައްގުގައި އޭނާ ވަކިކުރަން ޖެހޭ ވަގުތު އަދި ނުޖެހެނީތޯ އެވެ.

މެންޗެސްޓަރ ޔުނައިޓެޑް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މެންޗެސްޓަރ ޔުނައިޓެޑުން 35 މިލިއަން ފައުންޑަށް ޔޫރީ ޓީލެމަންސްގެ ސޮއި ހޯދައިފި

މެންޗެސްޓަރ ޔުނައިޓެޑުން 35 މިލިއަން ފައުންޑަށް ޔޫރީ ޓީލެމަންސްގެ ސޮއި ހޯދައިފި

12 ދުވަސް ކުރިން - 18:15

ޕްރިމިއާ ލީގުގެ ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ބްރޫނޯ ފެނާންޑޭޒް ހޯދައިފި

ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ބުރޫނޯ ފެނާންޑޭޒް

63 ދުވަސް ކުރިން - 22:38

މެންޗެސްޓާ ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފި

ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔުނައިޓެޑުން ކަށަވަރުކޮށްފި

83 ދުވަސް ކުރިން - 08:42

މިލާންގެ ފޯވާޑް ރަފައެލް ލިއާއޯ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ފާރަލަމުންދަނީ

ލިއާއޯ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ފާރަލަމުންދަނީ

89 ދުވަސް ކުރިން - 09:03

ކަސެމީރޯ އާއި ސެސްކޯގެ ލަނޑުތަކުން ޔުނައިޓެޑް ޗެމްޕިއަންސް ލީގު ޖާގައެއް ކަށަވަރުކުރުމާ ގާތަށް

ޔުނައިޓެޑް ޗެމްޕިއަންސް ލީގު ކަށަވަރުކުރުމާ ގާތަށް

89 ދުވަސް ކުރިން - 08:56

ޔުނައިޓެޑާއި ލިވަޕޫލް މޮޅުވިއިރު ޗެލްސީއަށް ޕޮއިންޓެއް ނުލިބުނު

ޔުނައިޓެޑާއި ލިވަޕޫލް މޮޅުވިއިރު ޗެލްސީއަށް ޕޮއިންޓެއް ނުލިބުނު

97 ދުވަސް ކުރިން - 23:59