Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޒަކާތު ހައުސްގެ ފުރަތަމަ އަހަރު ތާރީހީ ކާމިޔާބީތަކެއް ހާސިލްކޮށްފި: މިނިސްޓަރު ޝަހީމް

ޒަކާތު ހައުސްގެ ފުރަތަމަ އަހަރު ތާރީހީ ކާމިޔާބީތަކެއް ހާސިލްކޮށްފި: މިނިސްޓަރު ޝަހީމް

އައިޝަތު ރުވާ ރިފްޢަތު
371 ދުވަސް ކުރިން - 23 އޯގަސްޓް 2025 13:10
ބައިނަލްއަގުވާމީ ދެވަނަ ޒަކާތު ކޮންފަރެންސް ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވާހަކަދައްކަވަނީ/ ފޮޓޯ: މިނިސްޓްރީ
ބައިނަލްއަގުވާމީ ދެވަނަ ޒަކާތު ކޮންފަރެންސް ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވާހަކަދައްކަވަނީ/ ފޮޓޯ: މިނިސްޓްރީ
ޚުލާސާ

ޒަކާތު ހައުސްއަށް މި ކުރިއެރުންތަކާއި ކާމިޔާބީތައް ހާސިލްކުރެވިފައިވަނީ، މިނިވަންކަމާއިއެކު މަސައްކަތްކުރުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދެއްވާފައިވާތީކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެދި، ފުރަތަމަ އަހަރު ތާރީހީ ގިނަ ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާކަމަށް، ޒަކާތު ހައުސްގެ ޗެއާމަން އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ ދެވަނަ ޒަކާތު ކޮންފަރެންސް (އިންޒެކް 2025) ފެށުމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ޝަހީމް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވުމާއެކު ޒަކާތުގެ ނިޒާމު ހަރުދަނާކޮށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިގެންދިޔަ މަސައްކަތްތަކުގެ ސަބަބުން، ފާއިތުވެދިޔަ އަހަރަކީ ޒަކާތުގެ ނިޒާމަށް އެންމެ ކާމިޔާބު އަހަރެވެ. އެގޮތުން، އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތާއި ފިތުރު ޒަކާތް ލިބިގެންދިޔައީ ފާއިތުވެދިޔަ އަހަރުގައިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޒަކާތު ހައުސްއަށް މި ކުރިއެރުންތަކާއި ކާމިޔާބީތައް ހާސިލްކުރެވިފައިވަނީ، މިނިވަންކަމާއިއެކު މަސައްކަތްކުރުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދެއްވާފައިވާތީކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

Advertisement

Advertisement 1

މިނިސްޓަރު ވަނީ މިހާރު މަޖިލީހަށް ހުށައެޅިފައިވާ ޒަކާތު ބިލަށް އަލިއަޅުއްވާލައްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ ، ޒަކާތުގެ ބިލް ފަރުމާކުރެވިފައިވަނީ ދުނިޔޭގެ އެންމެ ފަހުގެ ޢިލްމީ ތަޖުރިބާތަކުގެ މައްޗަށްކަމަށެވެ. މި ބިލް ޤާނޫނަކަށް ވެގެންދާއިރު، ޒަކާތުގެ ޤާނޫނަކީ ވަރަށް ފުރިހަމަ އަދި ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އާ އުސްމިންތަކަކަށް ގެންގޮސްދޭނެ ޤާނޫނަކަށް ވެގެންދާނެކަަމަށައި އަދި އަމާޒަކީ މި ޤާނޫނާއެކު ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އެންމެ ކުރިއަރާފައިވާ ޒަކާތުގެ އިދާރާއަށް ހެދުމެވެ. ޒަކާތު ހައުސްއަށް ހާއްސަ ވަކި އޮފީހެއް ޤާއިމްކޮށް މަސައްކަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތްތަށްވެސް ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފާއިތުވެދިޔަ އަހަރު ބޭއްވުނު ޒަކާތު ކޮންފަރެންސްގައި ފަންނީ ބޭފުޅުންގެ ފަރާތުން ހުށައެޅި މުހިއްމު ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ޒަކާތު ހައުސްގެ ފަރާތުން ކުރިއަށް ގެންދާކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ. އުއްމީދުކުރައްވާ ގޮތުގައި، މިއަދު ކުރިއަށްދާ ޒަކާތު ކޮންފަރެންސްގެ ތެރެއިންވެސް މުހިއްމު ފަންނީ ލަފާތަކެއް ލިބިގެންދާނެކަަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

ޒަކާތު ހައުސްމިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުމިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

20 ދުވަސް ކުރިން - 10:27

ޒަކާތު ހައުސްގެ މަތީ ތައުލީމުގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ޒަކާތު ހައުސްގެ މަތީ ތައުލީމުގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

43 ދުވަސް ކުރިން - 19:48

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

48 ދުވަސް ކުރިން - 22:51

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

49 ދުވަސް ކުރިން - 21:23

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

63 ދުވަސް ކުރިން - 20:02

މުދަލު ޒަކާތުގެ ގޮތުގައި 50.7 މިލިޔަން ރުފިޔާ ލިބިއްޖެ

މުދަލު ޒަކާތުގެ ގޮތުގައި 50.7މިލިޔަން ރުފިޔާ ލިބިއްޖެ

104 ދުވަސް ކުރިން - 15:08