ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 30 ހާސް ޑޮލަރު ފުލުހުންގެ ތިޖޫރިއަކުން ގެއްލިގެން އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން މިރޭ ބުނެފި އެެވެ.
އެނގިފައިވާގޮތުގައި އެއީ އެ މައްސަލައިގައި ހައްޔަރުކުރި މީހެއްގެ އަތުން ފުލުހުން ބެލި ފައިސާ އެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ފައިސާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓީ ފުލުހުންގެ ތިޖޫރީއެއްގައި ކަމަށްވެ އެވެ.
ފުލުހުން މިރޭ ބުނީ މިއީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 15 ވަނަ ދުވަހު ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފައިސާތަކެއް ކަމަށެވެ. އަދި އެ ފައިސާގެ ޖުމްލަ، ހިސާބުގެ ފަރަގަކާ ގުޅޭ މައްސަލައެއް ފުލުހުންގެ ކްރިިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހުގީގުކުރަމުން އަންނަކަމަށާއި އެގޮތުން 30،000 ޑޮލަރުގެ ފަރަގެއް ފާހަގަވެފައިވާކަމަށް ފުލުހުން ބުންޏެވެ.
"ހަލާކުވެފައިވާ ފައިސާ ވެސް، ފައިސާ ބެހެއްޓިފައިވާ ތަނުން، ކޮތަޅެއްގެ ތެރެއިން ފެނިފައިވާތީ އެ ކަން ފޮރެންސިކް މެދުވެރިކޮށް ދަނީ ބަލަމުން،" ފުލުހުން ބުންޏެވެ.