Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ކޯޓުން މިއަދު ހުކުމް ކޮށްފި

ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ކޯޓުން މިއަދު ހުކުމް ކޮށްފި

އައިޝަތު ރުވާ ރިފްޢަތު
348 ދުވަސް ކުރިން - 11 އޯގަސްޓް 2025 17:45
ކްރިސްޓޯސް ޕެލަސްގެ ކުޅުންތެރިން 17 މެއި 2025 ގައި އެފްއޭކަޕް ފައިނަލުގައި މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުގެ ތެެރެއިން. / ފޮޓޯ: ރޮއިޓާސް
ކްރިސްޓޯސް ޕެލަސްގެ ކުޅުންތެރިން 17 މެއި 2025 ގައި އެފްއޭކަޕް ފައިނަލުގައި މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުގެ ތެެރެއިން. / ފޮޓޯ: ރޮއިޓާސް
ޚުލާސާ

ޔޫރޮޕާ ލީގުން ޔޫއެފާ ކޮންފަރެންސް ލީގަށް ކްރިސްޓޯސް ޕެލެސް ރެލިގޭޓްކުރި މައްސަލަ ކްރިސްޓަލް ޕެލަސް އިން އިސްތިއުނާފް ކުރުމުން އެ ކުލަބާއި ދެކޮޅަށް ކޯޓުން މައްސަލަ ނިންމައިފި.

އޯނާޝިޕް މައްސަލައިގައި އެންމެ ފަހުގެ އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަން ކްރިސްޓަލް ޔޫއެފާ ޕެލަސް ޔޫރޮޕާ ލީގުން ބޭރު ކުރީ ރަނގަޅަށް ކަމަށް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ޔޫއެފާގެ ގަވައިދުގައިވާ ގޮތުން އެއް ފަރާތަކުން އެއް ކްލަބަށް ވުރެ ގިނަ ކްލަބްތަކުގެ ހިއްސާ ވަކި ވަރަކަށް އޮންނަ ނަމަ ޔޫއެފާގެ އެއް މުބާރާތެއްގައި ވާދަ ނުކުރެވޭނެއެވެ.

ޔޫރޮޕާ ލީގުން ޔޫއެފާ ކޮންފަރެންސް ލީގަށް ރެލިގޭޓް ކުރި މައްސަލަ ކްރިސްޓަލް ޕެލަސް އިން ކުރި އިސްތިއުނާފު ބާތިލްކޮށް، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން މިއަދު ހުކުމް ކުރިއިރު، ކްރިސްޓަލް ޕެލަސް އިން ބުނީ އެމީހުންނާއި މެދު ކަންތައް ކުރީ އިންސާފުވެރިކޮށް ނޫން ކަމަށެވެ. ނަމަވެސް ކާސް އިން ވަނީ ޔޫއެފާގެ ތަހުގީގަށް ތާއީދުކޮށް، އެސެސްމަންޓް ކުރިއިރު ގަވާއިދުތަކަށް އަމަލުކޮށްފައި ވަނީ ރަނގަޅަށްކަން ކަށަވަރުކޮށްދީފަ އެވެ.

Advertisement

Advertisement 1

އެހެންކަމުން މި ނިންމުމުގެ މާނައަކީ މި މަހުގެ ފަހުކޮޅު ކޮންފަރެންސް ލީގުގެ ޕްލޭއޮފް ބުރަށް ޕެލަސް ނުކުންނައިރު، ފޮރެސްޓް ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖާއި ގުޅޭނެ އެވެ.

ކްރިސްޓަލް ޕެލަސްގެ މެޖޯރިޓީ ހިއްސާދާރު ޖޯން ޓެކްސްޓާގެ ކުންފުނި އީގަލް ފުޓްބޯލް ހޯލްޑިންގްސް އިން ހަތަރު ފުޓްބޯޅަ ކްލަބެއްގެ ބޮޑު ހިއްސާ އެއް އޮވެއެވެ. އެއީ ކްރިސްޓަލް ޕެލަސް (އިނގިރޭސި ޕްރިމިއާ ލީގު)، އޮލިމްޕިކް ލިއޯންސް (ލީގު 1، ފްރާންސް)، އާރުޑަބްލިއުޑީ މޮލެންބީކް (ބެލްޖިއަމް ޕްރޯ ލީގު)، އަދި ބޮޓާފޯގޯ (ބްރެޒިލްގެ ލީގު ކެމްޕެއޮނާޓޯ ބްރެޒިލޭރޯ ސެރީއޭ) އެވެ.

ޓެކްސްޓާ ވަނީ ވަރަށް ފަހުން ކްރިސްޓަލް ޕެލަސްގެ 43 ޕަސެންޓް ހިއްސާ، 190 މިލިއަން ޕައުންޑަށް ނިއުޔޯކް ޖެޓްސްގެ އޯނަރު ވުޑީ ޖޯންސަން އަށް ވިއްކާލައިފައެވެ. ނަމަވެސް ޕްރިމިއާ ލީގުން މި ޑީލް އޭރު ރިވިއު ކޮށްފައި ނުވާ އިރު، ޔޫއެފާއިން ދިން މުއްދަތުގައި ޕެލަސް އަށް އެކަން ފުރިހަމައެއް ނުކުރެވުނެވެ.

މި ސީޒަނުގައި ޔޫރޮޕާ ލީގުގައި ވާދަކުރާނީ އޭނާގެ ހިއްސާ އޮންނަ އޮލިމްޕިކް ލިޔޯން އެވެ.

ދުނިޔެކްރިސްޓަލް ޕެލަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

1 ދުވަސް ކުރިން - 16:04

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

6 ދުވަސް ކުރިން - 13:25

އީރާން ހަނގުރާމަ: އީރާނާއި އެމެރިކާއިން މައިންތައް ނަގަން އެއްބަސްވެއްޖެ

އީރާން ހަނގުރާމަ: އީރާނާއި އެމެރިކާއިން މައިންތައް ނަގަން އެއްބަސްވެއްޖެ

57 ދުވަސް ކުރިން - 20:34

މެދުއިރުމަތީގައި މުސީބާތްތަކާއި ކުރިމަތިލި މަނަވަރު އެމެރިކާއަށް މިސްރާބުޖަހައިފި

މެދުއިރުމަތީގައި މުސީބާތްތަކާއި ކުރިމަތިލި މަނަވަރު އެމެރިކާއަށް މިސްރާބުޖަހައިފި

70 ދުވަސް ކުރިން - 17:02

ކްރިސްޓަލް ޕެލަސް ބަލިކޮށް ސިޓީން ތަށީގެ އުންމީދު ދަމަހައްޓައިފި

ޕެލަސް ބަލިކޮށް ސިޓީން ތަށީގެ އުންމީދު ދަމަހައްޓައިފި

72 ދުވަސް ކުރިން - 12:32

ފެން ވަޅެއްގެ މައްސަލައިގައި ޗާޑުން ސާޅީހަށް ވުރެ ގިނަ މީހުން މަރާލައިފި

ފެންވަޅެއްގެ މައްސަލައިގައި ޗާޑުން ސާޅީހަށްވުރެ ގިނަމީހުން މަރާލައިފި

89 ދުވަސް ކުރިން - 17:32