80 މިލިއަނަށްވުރެ ބޮޑު ޑީލެއްގައި ޔުނައިޓެޑަށް މިއަދު ޝެޝްކޯ ސޮއިކޮށްފި

ހުސައިން އިސްމާއިލް | 4 ދުވަސް ކުރިން - 9 އޯގަސްޓް 2025 17:46
ބެންޖަމިން ޝެޝްކޯ މެންޗެސްޓަރ ޔުނައިޓެޑަށް މިއަދު ސޮއިކުރުން - މިއީ ފަސްއަހަރުގެ ކޮންޓްރެކްޓެއް.
ބެންޖަމިން ޝެޝްކޯ މެންޗެސްޓަރ ޔުނައިޓެޑަށް މިއަދު ސޮއިކުރުން - މިއީ ފަސްއަހަރުގެ ކޮންޓްރެކްޓެއް.
ޚުލާސާ

ނިއުކާސަލް ޔުނައިޓެޑުން ވެސް ހޯދަން އުޅުނު ލައިޕްޒިގްގެ ސްލޮވޭނިއާގެ ބެންޖަމިން ޝެޝްކޯ 80 މިލިއަން ޔޫރޯގެ ޑީލެއްގެ ދަށުން މިއަދު ޔުނައިޓެޑަށް ފަސްއަހަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފި.

މެންޗެސްޓާ ޔުނައިޓެޑުން 80 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު ޑީލެްްގެ ދަށުން ބެންޖަމިން ޝެޝްކޯ އާއި އެކު މިއަދު ސޮއިކޮށްފިއެވެ. 

އާރުބީ ލައިޕްޒިގުން އުމުރުން 22 އަހަރުގެ ސްލޮވޭނިއާ ފޯވާޑް ގެނައުމުގެ މަސައްކަތް ޔުނައިޓެޑުން މިއަދު ނިންމިއިރު، ޕާފޯމަންސް ބެސްޓް އެޑްއޮންސްގެ ގޮތުގައި އިތުރު 7.36–7.4 މިލިއަން ޕައުންޑް (8.5 މިލިއަން ޔޫރޯ) ދިނުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

އޯލޯޑް ޓްރެފޯޑްގައި ފަސްއަހަރުގެ ކޮންޓްރެކްޓެއްގައި ޝެޝްކޯ ސޮއިކޮށްފައިވާއިރު އޭނާ ހޯދަން ނިއުކާސަލް ޔުނައިޓެޑުން ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ.

80 މިލިއަން ޔޫރޯއަށް ވުރެ ގިނަ އޮފާތަކާއި އެޑްއޮންސްތައް ހިމެނޭ ގޮތަށް، ޔުނައިޓެޑަށް މިއަދު ސޮއިކުރި ޝެޝްކޯ ވަނީ މިދިޔަ ސީޒަންގައި ލައިޕްޒިގަށް 45 މެޗުގައި 21 ގޯލް ޖަހައި ހަ އެސިސްޓް ރެކޯޑްކޮށްފަ އެވެ. ބުންޑެސްލީގާގައި އެކަނިވެސް އޭނާ ވަނީ 33 މެޗުން 13 ގޯލް ޖަހައި 5 އެސިސްޓް ކޮށްދީފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%