Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔުމްނުގެ ބަޔާން އަދިވެސް ނުނެގޭ: ފުލުހުން

ޔުމްނުގެ ބަޔާން އަދިވެސް ނުނެގޭ: ފުލުހުން

މުހައްމަދު ޖަމްޝަތު
402 ދުވަސް ކުރިން - 6 އޯގަސްޓް 2025 10:36
ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު (21އ)---
ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު (21އ)---
ޚުލާސާ

ޔުމްނުގެ ބަޔާން ނުނެގިގެން އުޅެނީ ކޮން ސަބަބަކާ ހެދިކަމެއް ފުލުހުން ހާމައެއް ނުކުރޭ

މިދިޔަ އެޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި އޭނާގެ ބަޔާން އަދިވެސް ނުނެގޭ ކަމަށް ފުލުހުން މިއަދު ހާމަކޮށްފި އެވެ.

ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު ޔުމްނު އަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް އާއިލާއިން ވަނީ އޭނާ މެލޭޝިއާއަށް ގެންގޮސްފައެވެ.

Advertisement

Advertisement 1

މި މައްސަލައިގެ ތަހުގީގަށް ޔުމުންގެ އާއިލާގެ ފަރާތުން އެއްބާރުލުން ލިބިފައިނުވާތީ، މެލޭޝިއާގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް މެލޭޝިއާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުންގެންދާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ. އަދި ޔުމްނު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހުން މެލޭޝިއާގައި ތިބިކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ނަމަވެސް މިއަދު ފުލުހުން ބުނީ އަދިވެސް އޭނާގެ ބަޔާން ނުނެގޭ ކަމަށެވެ. ޔުމްނުގެ ބަޔާން ނުނެގިގެން އުޅެނީ ކޮން ސަބަބަކާހެދި ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މި މައްސަލަ ތަހުގީގު ކުރަން ސަރުކާރުން ހާއްސަ ކޮމިޝަނެއްވެސް އުފެއްދި އެވެ. ނަމަވެސް ކޮމިޝަނުގެ މަސައްކަތް ނިންމައި ރިޕޯޓު އާއްމުކޮށް ކޮމިޝަންވެސް މިހާރު ވަނީ އުވާލައިފަ އެވެ.

ޔުމްނު ވެއްޓުނު ރޭ އޭނާއާ އެކު އެންމެފަހުން އުޅުނީ ރައުދު އަހުމަފު ޒިލާލް އެވެ. މި މައްސަލާގައި ރައުދު ހައްޔަރުކޮށް މިހާރު ބަންދުން ދޫކޮށްލާފައިވިޔަސް، އޭނާގެ މައްޗަށް ވަނީ އެހީ ނުވުމުގެ ދައުވާކޮށްފަ އެވެ.

އެ މައްސަލާގައި ފުލުހުންގެ ތަހުގީގާ މެދު ކަންބޮޑުވުން ފާޅުކޮށް މާލޭގައި ޒުވާނުންތަކެއް ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރި އެވެ. އެ މުޒާހަރާތަކާ ގުޅިގެން އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު ވަނީ އިސްތިއުފާ ދީފަ އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެކްސިޑެންޓްތައް މަދުކުރަން ހުޅުމާލޭގައި ފުލުހުންނާއި ސްކޫލް ކުދިން ގުޅިގެން ހަރަކާތެއް ހިންގައިފި

އެކްސިޑެންޓްތައް މަދުކުރަން ހުޅުމާލޭގައި ފުލުހުންނާއި ސްކޫލް ކުދިން ގުޅިގެން ހަރަކާތެއް ހިންގައިފި

8 ގަޑިއިރު ކުރިން - 21:50

ފުލުހުންގެ ސައިބަރ ސެކިއުރިޓީ އާއި ކްރައިސިސް މެނޭޖްމަންޓް ފެންވަރު ހަރުދަނާކުރުމަށްޓަކައި ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ފުލުހުންގެ ސައިބަރ ސެކިއުރިޓީ ހަރުދަނާކުރަން ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

2 ދުވަސް ކުރިން - 23:15

އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

4 ދުވަސް ކުރިން - 16:22

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

4 ދުވަސް ކުރިން - 11:50

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

4 ދުވަސް ކުރިން - 11:24

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އެޕާޓްމަންޓް ސްކޭމްތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

4 ދުވަސް ކުރިން - 10:48