ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބޭއްވި ހަވާ އެރުވުން ގިނީސް ވޯލްޑް ރެކޯޑް ފޮތަށް އަރައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ގޮތުން ބޭއްވި ހަވާ އެރުވުމުގެ ތެރެއިން... / ފޮޓޯ: ޚުލާސާ
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި (26 ޖުލައި 2025) ގައި ބޭއްވި މި ތާރީހީ އިވެންޓަށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިތުރުން ސްރީ ލަންކާގެ ރައީސް އަނުރަ ކުމާރަ ދިސަނަޔަކަ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢި ބާރާއި ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ އެހީތެރިކަމާއި އެކު އެމްއޭސީއެލް އިން ޖުލައި 26ގެ 21:45 ގައި ވަނީ އެއްފަހަރާ 19 ތަނެއްގައި ހަވާ އަރުވާފަ އެވެ. މިއީ މިފަދަ ގޮތަކަށް މުޅި ދުނިޔޭގައި ވެސް މިފަދަ އިވެންޓެއް ބޭއްވި ފުރަތަމަ ފަހަރެވެ.
އާ ޓާމިނަލްގައި 47 ޗެކް-އިން ކައުންޓަރާއި، ހަ ސެލްފް ސާވިސް ކިއޮސްކާއި، އިމިގްރޭޝަންގެ 20 ކައުންޓަރާއި، ހަ ބޯޑިންގ ގޭޓާއި، 12 އެއާބްރިޖް ހިމެނޭއިރު، އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ވެލާނާ އިންޓަރނޭބަނަލް އެއާޕޯޓުން ޚިދުމަތް ލިބޭނެ އެވެ.