
މި ހަފުތާގެ ތެރޭގައި ސްޕެއިންގެ ވެރިރަށް މެޑްރިޑަށް ދަތުރުކޮށް، މެޑިކަލް ޓެސްޓުތައް ފުރިހަމަކުރުމަށްފަހު 2031 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ކްލަބާއެކު އެއްބަސްވުމުގައި ސޮއިކުރާނެ. ލައިޕްޒިގުން ފުރަތަމަ ރެއާލްގެ 100 މިލިއަން ޔޫރޯގެ ބިޑް ދޫކޮށްލީ 130 މިލިއަން ޔޫރޯ ބޭނުންވާ ކަމަށް ބުނެ.
36 ދުވަސް ކުރިން - 01:10
މިދިޔަ އޭޕްރީލް މަހުން ފެށިގެން ލިވަޕޫލުން އަންނަނީ ބާކޯލާ ހޯދުމަށް ޝައުގުވެރިކަން ފާޅުކުރަމުން. ލިވަޕޫލުން މިހާރު އަންނަނީ ޕީއެސްޖީން ބާކޯލާ ވިއްކާލާނެ އަގަކާއި، ޓްރާންސްފާއާ ގުޅޭ އިތުރު ތަފްސީލުތައް ހޯދުމުގެ މަސައްކަތް ކުރަމުން.
36 ދުވަސް ކުރިން - 20:03
85.4 މިލިއަން ޕައުންޑްގެ ބިޑެއް މީގެ ކުރިން ރެއާލުން ލައިޕްޒިގަށް ހުށަހެޅި ނަމަވެސް އެ ކުލަބުން ވަނީ އެ ހުށަހެޅުން ބޭރުކޮށްލާފަ. ނަމަވެސް މިހާރު ދިއޮމާންޑޭގެ ޓްރާންސްފާ އާއި ގުޅޭގޮތުން އެއްބަސްވުމަކަށް އައުމަށް ލައިޕްޒިގާއެކު މުހިންމު މަޝްވަރާތަކެއް ކޮށްފަ.
36 ދުވަސް ކުރިން - 19:01