
ގަސްރު އަލް ވަތަންގައި ބޭއްވި ރަސްމިއްޔާތުގައި ޔޫއޭއީގެ ރައީސް ވަނީ ސަފީރަށް މަރުޙަބާ ވިދާޅުވެ ކާމިޔާބީއަށް އެދިވަޑައިގެންފަ. ސަފީރު ތޯރިގު ވަނީ ރައީސް ޑރ. މުއިއްޒުގެ ސަލާމް ރައްދުކުރައްވައި، ދެގައުމުގެ ގުޅުން ބަދަހިކުރަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ.
4 ދުވަސް ކުރިން - 13:45
ދިވެހިރާއްޖެއިން ފަލަސްތީނަށް ކަނޑައެޅުއްވި އައު ސަފީރު ޑރ. އިބްރާހީމް ޒުހުރީ އޮންލައިންކޮށް ސަފީރުކަމުގެ ފަތްކޮޅު އަރުއްވައިފި. މި ބައްދަލުވުމުގައި ދެގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ސަފީރު ދެއްވި.
4 ދުވަސް ކުރިން - 13:30
ޑޮމިނިކަން ރިޕަބްލިކުން ރާއްޖެ އަށް ކަނޑައެޅުއްވި ނަން-ރެސިޑެންޓް ސަފީރު ވަނީ ތިމާވެށްޓާއި ބްލޫ އިކޮނޮމީގެ ދާއިރާއިން މަޝްވަރާކުރައްވައި، ދެ ޤައުމަކީވެސް ތަރައްޤީވަމުން އަންނަ ސިޑްސްގައި ހިމެނޭ 2 ޤައުމު ކަމުގައި ވުމާއެކު، ދެ ޤައުމުންވެސް އިސްކަންދޭ މުހިންމު ކަންކަމުގައި އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކޮށް މަޝްވަރާ ކުރައްވާފަ.
48 ދުވަސް ކުރިން - 15:22
ކިއުބާ އިން ރާއްޖެ އަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު ހަރ އެކްސެލެންސީ ޕެޓްރީޝިއާ ލާޒަރާ ޕެގޯ ގުއެރާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފި.
48 ދުވަސް ކުރިން - 15:12
ޤަޠަރުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޙަމަދު މުޙައްމަދު ޢަބްދުﷲ އަލްސަނަދު އަލްދައުސަރީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފި. އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، މަޝްވަރާ ކުރެއްވި.
48 ދުވަސް ކުރިން - 15:04