
އަންނަ ހަފުތާގައި ސްކޮޑާއެކު ފަރިތަކުރުންތައް ފަށާނެ ކަމަށް އަންޗެލޮޓީ ބުނި. ނަމަވެސް، ޖޫން 20 ގައި ހައިޓީއާ ދެކޮޅަށް ކުޅޭ ދެވަނަ މެޗަށް އޭނާ ފިޓްވާނެ ކަމާމެދު ވަނީ ޝައްކު އުފެދިފަ. ބްރެޒިލްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗު އޮންނާނީ ޖޫން 24 ގައި ސްކޮޓްލޭންޑާ ދެކޮޅަށް.
80 ދުވަސް ކުރިން - 12:30
ނޭމާ ބަހައްޓާނެތޯ ނިންމުމަށް ބްރެޒިލުން ދީފައިވާ ތާރީހަކީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަސް. އެދުވަހަކީ މިސްރާ ދެކޮޅަށް ކުޅޭ މެޗު. އޭނާގެ ކަނާތު ފައިގެ ކޮފް މަސްގަނޑަށް ވަނީ 'ގްރޭޑް-ޓޫ' ގެ އަނިޔާއެއް ލިބިފައި. އެހެންކަމުން ޕެނަމާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެ.
96 ދުވަސް ކުރިން - 19:47
2022 ވަނަ އަހަރުގެ ގަތަރު ވޯލްޑް ކަޕްގައި ލިބުނު އަނިޔާއަށްފަހު، 2026 ވަނަ އަހަރު ބަދަލު ހިފާނެ ކަމަށް އޭނާ ވަނީ ވައުދުވެފަ.
105 ދުވަސް ކުރިން - 08:48