ޔޫއެންއެފްޕީއޭއާއެކު ގުޅުން ބަދަހިކުރުމަށް ވަޒީރު ޑރ. ޢައިޝަތު ޝިހާމް އިންޑޮނޭޝިޔާގައި މަޝްވަރާކުރައްވައިފި
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް މިމަހުގެ 11 އިން 13 އަށް އިންޑޮނޭޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި، ޔުނައިޓެޑް ނޭޝަންސް ފަންޑް ފޯ ޕޮޕިޔުލޭޝަން އެކްޓިވިޓީސް (ޔޫއެންއެފްޕީއޭ) އާއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި. މި ދަތުރުފުޅުގައި ވަޒީރު ވަނީ އާބާދީއާ ގުޅޭ މަހާސިންތާއެއްގައި ބައިވެރިވެވަޑައިގަންނަވައި، ޔޫއެންއެފްޕީއޭގެ އިސްވެރިންނާއި އެސްކޭޕްގެ ސެކްރެޓަރީއާ ބައްދަލުކުރައްވައި، އިސްރަށްވެހިންގެ ކެއަރ ސެންޓަރަކަށް ޒިޔާރަތްކުރައްވާފައި.
628 ދުވަސް ކުރިން - 16:01