އާޒިމް ވިދާޅުވީ މި ހިނގާ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އާސަހަރާ މިސްކިތުގެ މަތީ ބަޔާއެކު އެއްކޮށް ނިމި، ކުރިއެކޭވެސް އެއްފަދައިން މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާގެ ކަންތައްތައް އާސަހަރާގައި ބޭއްވުމަށް ހަމަޖެހިގެންދާނެ ކަމަށް. އާސަހަރާ މަރާމާތުކުރުމުގެ މުޅި މަޝްރޫޢަށް 11.6 މިލިއަން ރުފިޔާ ހޭދަވާކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައި.
733 ދުވަސް ކުރިން - 14:07
މާލޭގައި ވައްކަމުގެ މައްސަލަތައް މިހާރަކަށް އައިސް ވަރަށް ގިނަވަމުންދާކަމީ ޙަޤީޤަތުގައިވެސް ކަންބޮޑުވާންޖެހޭ ކަމެއް، މިއީ މުޖުތަމަޢުގެ ރައްކާތެރިކަމަށް ކުރިމަތިވާ ނުރައްކަލެއްގެ އިތުރުން، އިޤްތިޞާދީ އަދި އިޖްތިމާޢީ ދަތިތަކުގެ ސަބަބުން ކުށްކުރުމުގެ މިންވަރު އިތުރުވަމުންދާކަމުގެ ހެއްކެއް.
734 ދުވަސް ކުރިން - 10:43
މާލެ ސިޓީ ކައުންސިލުން ބުނީ ޢީދު މިސްކިތުން ވައްކަން ކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް. އެގޮތުން މިސްކިތުގައި ހަރުކޮށްފައި ހުރި 8 ބޮކި ވަގަށް ނަގާފައިވާކަމަށާއި، މި މައްސަލަ ދިވެހި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ކައުންސިލުން ބުނި.
741 ދުވަސް ކުރިން - 11:35