މާދަމާރޭ ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޖެންޑާ މިނިސްޓަރާއި، ހަޔަރ އެޑިއުކޭޝަން މިނިސްޓަރާއި، އިސްލާމިކް މިނިސްޓަރާއި، އިކޮނޮމިކް މިނިސްޓަރާއި އަދި ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓަރަށް.
567 ދުވަސް ކުރިން - 23:22
މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައި ހާޒިރުވެ ވަޑައިގެން ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ހަތަރު ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފައި.
593 ދުވަސް ކުރިން - 21:34
މީކާއިލް، ވަޒީރާއި ސުވާލުކުރަން އެދިވަޑައިގަތީ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ލިސްޓުގައި ނުހިމެނޭ ބަޔަކަށް އެޗްޑީސީން ގޯތި ހަވާލުކުރި ތަޙްޤީޤަށް ބޭނުންވާނެ އެއްވެސް ލިޔެކިޔުމެއް މިނިސްޓްރީ އެނދި ހާދިސާގައި ގެއްލުނުތޯ ސާފުކުރުމަށް.
625 ދުވަސް ކުރިން - 17:39
ހިންގަމުންދިޔަ އެންމެހާ މަޝްރޫޢުތަކުގެ ތަފްޞީލުތައް ރައްކާކުރެވިފައި ހުރީ އެ ސާވަރުގައި. އެ ސާވަރަށް އެކްސެސް ނުވެވޭނަމަ، އެ މަޢުލޫމާތުތައް އަލުން ހޯދުމުގެ އެއްވެސް ގޮތެއް ނޯންނާނެ.
630 ދުވަސް ކުރިން - 08:49
އަލިފާނުގެ ޙާދިސާގައި ގެއްލުނީ، މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް "ސެކަންޑް ހޯމް" އެއްގެ ގޮތުގައި ދެކޭ ޢިމާރާތެއް ކަމަށާއި، އެތަނަކީ ހަނދާންތަކުންނާއި އެތައް ބައެއްގެ މަސައްކަތުން ފުރިގެންވާ ތަނެއް ކަމަށް މިނިސްޓަރ ހައިދަރު ވިދާޅުވި.
631 ދުވަސް ކުރިން - 15:32
ހުރިހާ ފޯމެއް އިވެލުއޭޓްކޮށް ނިމުމުން އަންނަ ހަފުތާ ތެރޭގައި 4,000 ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް ޢިއުލާންކުރާނެ ކަމަށް ވަޒީރު ހައިދަރު ވިދާޅުވި.
664 ދުވަސް ކުރިން - 13:15
20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން ބާރުވެރިކުރުމަށް ބިލެއް ޑްރާފްޓްކޮށް، ތަންފީޒު ކުރުމަށް ފަސޭހަ ކުރުމަށް ޤާނޫނަށް މާއްދާއެއް އިތުރުކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
668 ދުވަސް ކުރިން - 11:16
ޤައުމީ ތަފާސްހިސާބުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވަނީ ތަފާސްހިސާބުގެ ބޭނުން އިތުރުކޮށް، ޒަމާނީ ފަންނިއްޔާތުގެ އެހީގައި ތަރައްޤީއަށް ކުރިމަތިވާ ގޮންޖެހުންތަކަށް އީޖާދީ ހައްލުތަކެއް ހޯދަންޖެހޭ ކަމަށް.
682 ދުވަސް ކުރިން - 16:06