
ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކުން ކޮވިޑު ފެސިލިޓީގެ ނަމުގައި ނެގި 18 މިލިއަން 4 ލައްކަ ޔޫރޯގެ ލޯނު ނުވަތަ 313129647,96ރުފިޔާ އެމްޑީޕީން ވެރިކަމުން ފޭބިއިރުވެސް ނުދައްކާ. ލޯނުތައް ނަގާފައި އެމްޑީޕީން އެ ފައިސާތައް މެނޭޖުކުރީ ގޯސްކޮށް. ފައިސާއަށް ޚިޔާޏާތްތެރިވި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރޭ
681 ދުވަސް ކުރިން - 10:24

ރާއްޖޭގައި ބޭހުގެ އަގު ބޮޑުކަން ފާހަގަކުރަމުން، މާލީ ވުޒާރާއިން ބުނެފައިވަނީ އާސަންދައިގެ ޚަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުން ވަނީ ބަލްކް ޕްރޮކިއުމެންޓް އުސޫލުން ބޭސް ގެނައުމަށް ނިންމާފަކަމަށާއި މިއީ އާސަންދައިގެ ޚަރަދު ކުޑަކުރުމަށް ލިބޭނެ ލުޔެއް ކަމަށްވެސް އެ ވުޒާރާއިން ބުނޭ. ރައްޔިތުންނަށް ދެމުންދާ މި މުހިންމު ޚިދުމަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ އަމާޒު
682 ދުވަސް ކުރިން - 23:46

ފަގީރުކަން ކުޑަކުރުމާއި ފަރުދީ މުއްސަނދިކަން އިތުރުކުރުމަށް އަމާޒުކޮށްގެން އިގްތިސާދީ ކުރިއެރުމަށް އަޅާ ފިޔަވަޅުތަކުގެ ފަންނީ މަސައްކަތް ފިނޭންސް މިނިސްޓްރީން ނިންމާލައިފި. ދައުލަތުގެ ބައެއް ކުންފުނިތައް އެއްކޮށްލުމާއި ހަރަދު ކުޑަކުރުމުގެ މަސައްކަތްތަކާއެކު މާލީ ހާލަތު ރަނގަޅުވާނެ ކަމުގެ ޔަގީންކަން ސަރުކާރަށް އެބައޮތް
682 ދުވަސް ކުރިން - 17:33