
ބޭރު ފައިސާގެ އާމްދަނީގެ %40 މާރުކުރަންޖެހޭ ގޮތަށް ގެނައި ބަދަލާ ގުޅިގެން މަޓީން ކަންބޮޑުވުން ފާޅުކޮށްފައިވީ ނަމަވެސް، މުވައްޒަފުންގެ މުސާރަ ރުފިޔާއަށް ބަދަލުކުރުން މަޖުބޫރު ނޫން ކަމަށް އެމްއެމްއޭއިން ބުނޭ.. ގަވަރުނަރު މުނައްވަރު ވިދާޅުވީ ޑޮލަރު މާރުކުރުމަކީ އިގުތިސާދު ހަމަމަގަށް އަޅުވައި ދަރަނި ދެއްކުމަށް މުހިންމު ކަމެއް ކަމަށް.
12 ދުވަސް ކުރިން - 11:46
ބައެއް ކަސްޓަމަރުން ބޭރުގެ ޚިދުމަތްތަކަށް ދައްކާ ސަބްސްކްރިޕްޝަން ފީތައް 'ޑިކްލައިން' ވާކަން ފާހަގަކުރެވިފައިވާ ކަމަށް ބޭންކުން ބުނޭ. ނަމަވެސް މިއީ ބޭންކުން މުއާމަލާތް ހިފަހައްޓައިގެން ވާގޮތެއް ނޫން ކަމަށާއި، އެކި ސަބަބުތަކާ ހުރެ މާޗަންޓުން ނުވަތަ ޚިދުމަތްދޭ ފަރާތްތަކުން އެ މުއާމަލާތްތައް ރިޖެކްޓުކުރަނީ ކަމަށް ބޭންކުން ފާހަގަކުރޭ.
96 ދުވަސް ކުރިން - 04:34
ބީއެމްއެލް އިން މިހާރު ޑޮލަރު ލިމިޓްތަކެއް ހިފަހައްޓާފައިވަނީ ބޭންކަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިތަކާ ގުޅިގެން ކަމަށް ރައީސް ވިދާޅުވި. ރައީސް އޮފީހުން މައުލޫމާތު ބޭންކުން ހޯދިއިރު، މި މަސް ނިމޭ ހިސާބުން "ވަރަށް ބޮޑުތަނުން" އެ ލިމިޓަށް ލުޔެއް ދޭނެ ކަމުގެ އިޝާރާތެއް ބޭންކުން ވަނީ ދީފައި.
100 ދުވަސް ކުރިން - 13:39