ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި
ހުތުބާގައި، ގިޔާމަތްދުވަހުގެ ބިރުވެރިކަން ހަނދުމަކޮށް، އާހިރަތަށް ތައްޔާރުވުމަށް ގޮވާލައްވާފައިވޭ. ގުނަވަންތައް ހެކިދޭނެ އެ ދުވަހު، ކޮންމެ މީހެއްގެ އަމަލުފަތް ހާމަކުރެވޭނެކަން ފާހަގަކުރެއްވި. ދުނިޔޭގެ ވަގުތީ އުފަލަށް ނުހެއްލި، ފާފަތަކަށް ތައުބާވެ، ހެޔޮ ޢަމަލުތައް ގިނަކުރުމަށް ހުތުބާގައި އިލްތިމާސްކުރެއްވި. ނަޞީބުވެރިއަކީ ނަރަކައިން ސަލާމަތްވެ، ސުވަރުގެ ލިބޭ މީހާކަމުގައި ބަޔާންކުރެއްވި.
29 ދުވަސް ކުރިން - 12:57