
މިއާމީގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުނީ އިތުރު ވަގުތު ކުޅެގެން. މެސީ އާއި ރޮމޭރޯ އަދި މާޓީނޭޒް އާޖެންޓީނާއަށް ލަނޑުތައް ކާމިޔާބުކޮށްދިންއިރު، ދެން އެ ޓީމު ބައްދަލުކުރާނީ މިސްރާ.
34 ދުވަސް ކުރިން - 05:56

އާބާދީގައި 5 ލައްކަ މީހުން ހިމެނޭ މި ކުޑަ ގައުމުން ވަނީ ސްޕެއިން އަދި އުރުގުއޭ ފަދަ ގަދަބާރުތަކާ އެއްވަރުކޮށް، ބަލިނުވެ ގަދަ 32 އަށް ދަތުރުކޮށްފަ. ބްލޫ ޝާކްސް ދެން ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށް. މިއީ ހިތްވަރާއި ގައުމީ ރޫހުން ފުޓްބޯޅައިގެ ތާރީޚުގައި ލިޔެވުނު އާދަޔާޚިލާފު ކުރިއެރުމެއް.
36 ދުވަސް ކުރިން - 09:23

ގްރޫޕް ސްޓޭޖުގައި ބަލިނުވެ ހިފެހެއްޓި މި ކުޑަ ގައުމު، ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ދެން ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ. މި ތާރީހީ މެޗު އޮންނާނީ ޖުލައި 3 ވަނަ ދުވަހު މިއާމީގަ. މިއީ އެ ގައުމުގެ ފުޓްބޯޅަ ތާރީޚުގައި ހޯދި އެންމެ ބޮޑު ކާމިޔާބީ.
40 ދުވަސް ކުރިން - 13:25

އެޓްލާންޓާގައި ކުޅުނު މި މެޗު 0-0 އިން އެއްވަރުވިއިރު، މިއީ ކޭޕްވާޑުން ވޯލްޑް ކަޕްގައި ހޯދި ތާރީޚީ ނަތީޖާއެއް. އުމުރުން 40 އަހަރުގެ ވޮޒީނިއާ ވަނީ މިއީ އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށް ބުނެފަ. "ވޮޒީނިއާ" އަކީ ޕޯޗުގީޒު ބަހުން "ކުޑަ މާމަ" އަށް ކިޔާ ނަމެއް.
51 ދުވަސް ކުރިން - 15:54