ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދަށް ވަގަށް ގޯތި ދިން މައްސަލައާއި ގުޅިގެން ހިފެހެއްޓި ޕާސްޕޯޓްތައް ދޫކޮށްލައިފި.
532 ދުވަސް ކުރިން - 07:16
ބިންވެރިޔާ ސްކީމާ ގުޅޭގޮތުން އެޗްޑީސީން ކުރި އޮޑިޓަކުން ފާހަގަވި އިތުރު މައްސަލަތަކެއް ތަޙުޤީޤު ކުރުމަށް ފުލުހުންނަށް ހުށަހަޅައިފި. މީގެ ކުރިންވެސް މި ސްކީމްގެ އިތުރު މައްސަލަތަކެއް ހުށަހާޅާފައިވޭ.
540 ދުވަސް ކުރިން - 08:50
ފަޒުލްގެ ގެ ބަލައި ފާސްކުރިއިރު، ފެނުނު 1.4 މިލިއަނެއްހާ ރުފިޔާ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި. ފުލުހުންނާއި އޭސީސީން ދަނީ މައްސަލަތަޙްޤީޤު ކުރަމުން.
596 ދުވަސް ކުރިން - 19:11
އޭސީސީގެ ތަޙުޤީޤާއި ގުޅިގެން ޕީޖީގެ ޑިއުޓީ ޕްރޮސެކިއުޝަންގެ މަސައްކަތް މިހާރު ފަށައިފަ. މިކަން ނިމުމުން، ދަޢުވާ އުފުލޭނެ އެންމެންގެ މައްޗަށް ދަޢުވާކުރުމަށް އެދޭނެ ކަމަށް އޭސީސީން ބުނޭ.
622 ދުވަސް ކުރިން - 08:20
ބިންވެރިޔާ ސްކީމާ ގުޅޭ ތަޙުޤީޤުގައި ބަލަމުންދަނީ ޑޮކިއުމެންޓް ފޯޖްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށް ފުލުހުން ހާމަކުރި.
623 ދުވަސް ކުރިން - 22:24
މައްސަލަ ތަޙުޤީޤުކުރަމުންދަނީ އޭސީސީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގުޅިގެން.
627 ދުވަސް ކުރިން - 09:55
އަކްރަމް ކަމާލުއްދީނަށް ގިނަ ތުހުމަތުތަކެއް ކުރެވޭއިރު އޭނާގެ ޕާސްޕޯޓް ހިގެހެއްޓިކަމެއް އަދި ޔަޤީނެއް ނުވޭ. 20 ޕާސްޕޯޓް ހިފެހެއްޓީ އަންނަ އަހަރުގެ މާޗް 19 އާއި ހަމަޔަށް.
628 ދުވަސް ކުރިން - 14:36