ޗައިނާ ކަނޑު ހުރަސްކުރި ތޫފާނެއްގެ އަސަރު ކޮށްގެން ވިއެޓްނާމްގެ ބޯޓެއް ބަންޑުން ޖަހާލައި ގިނަ ބަޔަކު މަރުވެއްޖެއެވެ. ޚަބަރުތައް ބުނާ ގޮތުގައި ގަދަ ވަޔާއި ވިއްސާރައިގެ ތެރޭގައި ބަންޑުން ޖަހައިލި ބޯޓުން މިހާތަނަށް މަރުވި މީހުންގެ ޢަދަދު 38 އަށް އަރާފައި ވެއެވެ.
ރެސްކިއު ޓީމުތަކުން ބުނީ ބޯޓު ބަންޑުންވެފައި އޮއްވައި އޭގެ މަތީގައި ގިނަ އިރުތަކެއް ވަންދެން އޮތް 10 އަހަރުގެ ކުއްޖަކު ސަލާމަތްކޮށްފައިވާ ކަމަށާއި އިއްޔެގެ ނިޔަލަށް 11 މީހުން މީހަކު ސަލާމަތް ކޮށްފައިވާ ކަމަށެވެ.
ބަންޑުން ޖަހާލާފައި އޮތް ވިއެޓްނާމުގެ ބޯޓުގައި 10 އަހަރުގެ ކުޑަކުއްޖާ އޮށޯވެލައިގެން އޮތްއިރު ރެސްކިއު ޓީމުތަކުން އެ ކުއްޖާ ސަލާމަތް ކުރަނީ / ފޮޓޯ: އޭޕީ
ފަތުރުވެރިންގެ މަގުބޫލް ހާ ލޯންގް ބޭގައި ހޮނިހިރު ދުވަހުގެ މެންދުރު ފަހު މި ހާދިސާ ހިނގިއިރު އެ ބޯޓުގައި 48 ފަސިންޖަރުންނާއި 5 ފަޅުވެރިން ތިބި ކަމަށާއި، އެ އެންމެންނަކީވެސް ވިއެޓްނާމް ރައްޔިތުން ކަމަށް ޚަބަރު ލިބެއެވެ. އޭގެތެރޭގައި ކުޑަކުދިންވެސް ތިއްބެވެ.