20 އަހަރު ވަންދެން ކޯމާގައި އޮތް ސައޫދީ ޕްރިންސް އަވަހާރަވެއްޖެ

ހުސައިން އިސްމާއިލް | 4 ގަޑިއިރު ކުރިން - 19 ޖުލައި 2025 01:23
އަލްވަލީދު ބިން ޚާލިދު ބިން ތަލާލް އަލް ސައުދު އަވަހާރަވުން / ފޮޓޯ: އެކްސް
އަލްވަލީދު ބިން ޚާލިދު ބިން ތަލާލް އަލް ސައުދު އަވަހާރަވުން / ފޮޓޯ: އެކްސް
ޚުލާސާ

2005 ގައި ހިނގި ކާރު އެކްސިޑެންޓުގައި ލިބުނު އަނިޔާތަކާއި ގުޅިގެން ކޯމާގައި އޮންނަތާ 20 އަހަރު ފަހުން ސައޫދީ ޕްރިންސް އަލްވަލީދު ބިން ޚާލިދު އަވަހާރަވެއްޖެ.

އިނގިރޭސީވިލާތުގައި 2005 ވަނަ އަހަރު ހިނގި ކާރު އެކްސިޑެންޓެއްގެ ސަބަބުން ކޯމާގައި އޮންނަތާ 20 އަހަރުވީ ޕްރިންސް އަލްވަލީދު ބިން ޚާލިދު ބިން ތަލާލް އަލް ސައުދު އަވަހާރަވެއްޖެއެވެ. "ސްލީޕިންގ ޕްރިންސް" ގެ ނަމުން މަޝްހޫރު ވެފައިވަ އަލް ވަލީދު އަވަހާރަވީ މިއަދު (19 ޖުލައި 2025) ގައި، އުމުރުން 36 އަހަރުގައެވެ.

އަލްވަލީދު ބިން ޚާލިދު ބިން ތަލާލް އަލް ސައުދު / ފޮޓޯ: އެކްސް

ލަންޑަނުގައި މި އެކްސިޑެންޓް ހިނގިއިރު، ޢަބްދުﷲރަސްގެފާނަށް މުނިކާފަ ކިޔާ އަލް ވަލީދު ބިން ޚަލިދުގެ އުމުރުފުޅަކީ އެންމެ 15 އަހަރެވެ. މި އެކްސިޑެންޓުގެ ސަބަބުން ޕްރިންސުގެ ސިކުނޑިއަށް ލޭ އެޅި އެތެރެހަށި ހަލާކުވިއެވެ. އެއާއި އެކު އިނގިރޭސީ ވިލާތުން ފަރުވާދިނުމަށްފަހު، ރިޔާޒްގެ ކިންގް ޢަބްދުލް ޢަޒީޒް މެޑިކަލް ސިޓީއަށް ބަދަލުކޮށް މިއަދާއި ހަމަޔަށް ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގެ އެހީގައެވެ.

ޕްރިންސުގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ، ޖުލައި20ގައި، ރިޔާދުގެ އިމާމް ތުރުކީ ބިން ޢަބްދުﷲ މިސްކިތުގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%