ޖޮޓާގެ މަރާއި ގުޅިގެން ކްރިސްޓިއާނޯ ރޮނާލްޑޯ ތަޢުޒިޔާ ފޮނުވައިފި

ހުސައިން އިސްމާއިލް | 8 ގަޑިއިރު ކުރިން - 3 ޖުލައި 2025 16:25
ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޑިއޯގޯ ޖޮޓާ ޕޯޗުގަލްގެ މެޗެއްގެތެރެއިން. / ފޮޓޯ: ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަން.
ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޑިއޯގޯ ޖޮޓާ ޕޯޗުގަލްގެ މެޗެއްގެތެރެއިން. / ފޮޓޯ: ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަން.
ޚުލާސާ

ރޮނާލްޑޯގެ ތަޢުޒިޔާ މެސެޖުގައި ހިތާމަ ފާޅުކުރަމުން، އެ ދެމީހުން އެކުގައި ހޭދަކުރި ވަގުތުތައް ފާހަގަކޮށް، އަބަދުވެސް އެ ހަނދާންތައް ހުންނާނެކަމަށް ވެސް ފާހަގަކުރި.

ޕޯޗުގަލް އާއި ލިވަޕޫލްގެ ފޯވާޑު ޑިއޯގޯ ޖޮޓާގެ މަރާއި ގުޅިގެން ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އަދި ޕޯޗުގަލް އާއި އަލް-ނަޞްރުގެ ފޯވާޑް ވަރަށް ބޮޑަށް ހިތާމަ ކޮށް ތަޢުޒިޔާ ފޮނުވައިފިއެވެ.

ރޮނާލްޑޯގެ ތަޢުޒިޔާ މެސެޖުގައި ހިތާމަ ފާޅުކުރަމުން، އެ ދެމީހުން އެކުގައި ހޭދަކުރި ވަގުތުތައް ފާހަގަކޮށް، އަބަދުވެސް އެ ހަނދާންތައް ހުންނާނެކަމަށް ވެސް ފާހަގަ ކުރިއެވެ.

އުމުރުން 28 އަހަރުގެ ފޯވާޑް މަރުވީ ރޭ ސްޕެއިންގެ ޒަމޯރާގައި ހިނގި ކާރު އެކްސިޑެންޓެއްގައި އޭނާގެ ބޭބެ އަންދްރޭ ސިލްވާއާ އެކުގަ އެވެ. މި އެކްސިޑެންޓް ހިނގީ ޔޯޓާގެ ކައިވެންޏަށް ދިހަ ދުވަސް ފަހުންނެވެ.

.ޕޯޗުގަލްގެ ގައުމީ ޓީމަށް ކްރިސްޓިއާނޯރޮނާލްޑޯއާ އެކު ޑިއޯގޯ ޖޮޓާ 30 މެޗު ކުޅެފައި ވެއެވެ. އޭގެތެރޭގައި ޔޫއެފާ ނޭޝަންސް ލީގާއި ޔޫރޯ ކޮލިފައިން ހިމެނެއެވެ

ޑިއޯގޯ ޖޮޓާ އާއި ކްރިސްޓިއާނޯ ރޮނާލޑޯ.

2019 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ފައިނަލުން ޖާގައެއް ހޯދުމަށް ރޮނާލްޑޯ ހެޓްރިކް ހެދިއިރު އޭނާއާއެކު ޖޮޓާ ކުޅުނުކަން ފާހަގަ ކުރެވެއެވެ.

ޖޮޓާ އާއެކު މަރުވި އޭނާގެ ކޮއްކޮ އަންދްރޭ ފިލިޕޭ ޓެއިކްސޭރާ ޑަ ސިލްވާ އަކީ ވެސް ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެކެވެ، އޭނާ ކުޅުނީ ޕޯޗުގަލްގެ ދެވަނަ ޑިވިޝަންގައި ޕެނަފިއެލްގެ އެޓޭކިން މިޑްފީލްޑަރެއްގެ ގޮތުގައެވެ. އޭނާ އަކީ އެފްސީ ޕޯޓޯގެ ޔޫތު އެކަޑަމީން ނުކުތް ކުޅުންތެރިއެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%