Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދެމެހެއްޓެނިވި ތަރައްގީ ރާއްޖެއަށް ހާސިލްކުރެވޭނީ ޗައިނާ އާއި އަވަށްޓެރި އެހެން ގައުމުތަކުގެ ބައިވެރިވުމާއެކު: ނާޒިމް

ދެމެހެއްޓެނިވި ތަރައްގީ ރާއްޖެއަށް ހާސިލްކުރެވޭނީ ޗައިނާ އާއި އަވަށްޓެރި އެހެން ގައުމުތަކުގެ ބައިވެރިވުމާއެކު: ނާޒިމް

އަހްމަދު އީޒާން
435 ދުވަސް ކުރިން - 20 ޖޫން 2025 22:37
ހަވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި ނާޒިމް ތަގުރީރުކުރައްވަނީ / ފޮޓޯ: މަޖިލިސް
ހަވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި ނާޒިމް ތަގުރީރުކުރައްވަނީ / ފޮޓޯ: މަޖިލިސް
ޚުލާސާ

ނާޒިމް ވިދާޅުވީ ރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، ދެމެހެއްޓެނިވި ތަރައްގީ އާއި އިގުތިސާދީ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެ މާރެސްއަށް މަސައްކަތްކުރާ ގައުމެއް ކަމަށް.

ދެމެހެއްޓެނިވި ތަރައްގީ ރާއްޖެއަށް ހާސިލްކުރެވޭނީ ޗައިނާ އާއި އަވަށްޓެރި އެހެން ގައުމުތަކުގެ ބައިވެރިވުމާ އެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ. 

ނާޒިމް އެގޮތަށް ވިދާޅުވީ ހަވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި ރާއްޖެ ތަމްސީލުކުރައްވައި ދެއްވި ތަގުރީރުގަ އެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ "ޖޮއިން ހޭންޑްސް ފޯ އޯޕަން އެންޑް އިންކްލޫސިވް ޑިވެލޮޕްމަންޓް"ގެ ތީމްގެ ދަށުން ބާއްވާ އެ ފޯރަމްގައި ނާޒިމް ވަނީ ސަރަހައްދީ ތަރައްގީއަށް މުހިންމު ފަސްނުކުތާއެއް ފާހަގަކުރައްވައިފައި ކަމަށެވެ.

Advertisement

Advertisement 1

އޭގެ ތެރޭގައި، ދަތުރުފަތުރާއި މުވާސަލާތުގެ ގުޅުމާއި ފެހި އިގުތިސާދީ ތަރައްގީ އާއި ބަދަހި އިގުތިސާދީ ގުޅުމާއި އިންސާނީ ތަރައްގީ އަދި ރައްޔިތުންގެ ފެންވަރުގައި ގުޅުން ބަދަހިކުރުން ހިމެނޭ ކަމަށް މަޖިލީހުން ބުންޏެވެ.

ނާޒިމް ވިދާޅުވީ ރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، ދެމެހެއްޓެނިވި ތަރައްގީ އާއި އިގުތިސާދީ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެ މާރެސްއަށް މަސައްކަތްކުރާ ގައުމެއް ކަމަށެވެ. އަދި ރާއްޖެއިން ދެކެނީ، ހުޅުވާލެވިފައިވާ ހުރިހާ ފަރާތްތައް ޝާމިލުވާ، ދެމެހެއްޓެނިވި ތަރައްގީއެއް ކަށަވަރުކުރުމަށް ޗައިނާ އާއި އެހެނިހެން އަވަށްޓެރި ގައުމުތަކާ އެކު މަސައްކަތްކުރަން ޖެހޭ ކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާގެ ތަރައްގީގެ ކާމިޔާބީތައް ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ ޗައިނާއިން ގެނެސްފައިވާ އިގުތިސާދީ އިސްލާހުތަކާއި އުމްރާނީ ތަރައްގީ އާއި އީޖާދީ ދާއިރާގެ އިންވެސްޓްމެންޓްތަކަކީ ކޮންމެ ގައުމަކަށް ވެސް އެ ގައުމެއްގެ ހާއްސަ ހަލަތަށް ބައްޓަންކުރެވިދާނެ ނަމޫނާއެއް ކަމަށެވެ.

"ތަރައްގީއަކީ ސްޓްރެޓެޖީއެއް ނޫން. އެއީ ގައުމަށްޓަކާ ވެވޭ ވައުދެއް. އަދި އެ ވައުދާއެކު ކުރިއަށްދާ ކޮންމެ ފިޔަވަޅެއްގައި ވެސް އެއްވެސް ފުރުސަތަކުން އެއްވެސް ފަރާތެއް އެކަހެރި ނުކުރެވޭނެ ޝާމިލް މަސައްކަތެއްކަން ޔަގީންކުރަން ޖެހޭ ވައުދެއް،" ނާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސްޗައިނާމަޖިލިސް ނައިބު ރައީސް އަހްމަދު ނާޒިމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނޭޕާލުގައި ފެންބޮޑުވެ 400 އަށްވުރެ ގިނަ މީހުން މަރުވެފައިވަނިކޮށް އިތުރު ކޯރެއް ބަންޑުންވުމުގެ ބިރު ބޮޑުވެއްޖެ

ނޭޕާލުގައި އިތުރު ކޯރެއް ބަންޑުންވެ، އަނެއްކާވެސް ފެންބޮޑުވެދާނެކަމުގެ ބިރު ބޮޑުވެއްޖެ

1 ދުވަސް ކުރިން - 12:31

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

2 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

2 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

2 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

3 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

3 ދުވަސް ކުރިން - 16:36