ރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ނައިބު ރައީސް ނާޒިމް ޗައިނާއަށް

އަހްމަދު އީޒާން | 5 ގަޑިއިރު ކުރިން - 17 ޖޫން 2025 18:08
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ޗައިނާއަށް ފުރާވަޑައިގަތުމަށް ވެލާނާ އެއާޕޯޓުގައި / ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ޗައިނާއަށް ފުރާވަޑައިގަތުމަށް ވެލާނާ އެއާޕޯޓުގައި / ފޮޓޯ: މަޖިލިސް
ޚުލާސާ

ނާޒިމް ވަޑައިގެންނެވީ ހަވަނަ ސައުތު އޭޝިއާ ޗައިނާ ކޯޕަރޭޝަން ފޯރަމް އާއި ނުވަވަނަ ސައުތު އޭޝިއާ ޗައިނާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް މިއަދު ފުރާވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ އެ ދަތުރުފުޅަކީ ހަވަނަ ސައުތު އޭޝިއާ ޗައިނާ ކޯޕަރޭޝަން ފޯރަމް އާއި ނުވަވަނަ ސައުތު އޭޝިއާ ޗައިނާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ނާޒިމް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެ ފޯރަމާއި އެކްސްޕޯގައި ނާޒިމް ތަގުރީރުކުރައްވާނެ ކަމަށް މަޖިލީހުން ބުންޏެވެ.

ޗައިނާ ސަރުކާރުން ހަރަދުކޮށްގެން ކުރައްވާ މި ދަތުރުފުޅުގައި, ސައުތު އޭޝިއާ ޗައިނާ ފޯރަމް އާއި އެކްސްޕޯ ކުރިއަށް ގެންދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ޗައިނާގެ ކުންމިންގަ އެވެ.

ނާޒިމްއާ އެކު ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރާއި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވެސް ޗައިނާއަށް ވަޑައިގެންނެވި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%