އާދީއްތައިން ފެށިގެން ލިވަޕޫލްގެ އާނޯލްޑް ވާނީ ރިއަލް މެޑްރިޑްގެ ކުޅުންތެރިޔަކަށް

އުސްތާޛް މުޙައްމަދު ޢަލީ | 25 ދުވަސް ކުރިން - 30 މޭ 2025 17:42
ލިވަޕޫލްގެ ތަރި، ޓްރެންޓް އެލެކްސެންޑަރ-އާނޯލްޑް (26)
ލިވަޕޫލްގެ ތަރި، ޓްރެންޓް އެލެކްސެންޑަރ-އާނޯލްޑް (26)
ޚުލާސާ

ކްލަބް ވޯލްޑް ކަޕްގައި ބައިވެރިވުމަށް މެޑްރިޑްއާއި ގުޅުމަށްޓަކައި އާނޯލްޑް ބަދަލުވާއިރު އޭނާގެ ކޮންޓްރެކްޓް ހަމަވާނީ ޖޫން 30 ގަ. ނަމަވެސް މެޑްރިޑުން ވަނީ އެއްބަސްވުން ނިންމަން ފައިސާދީފަ.

ލިވަޕޫލްގެ ތަރި، އަދި ޑިފެންޑަރ (26 އަހަރުގެ އިނގިރޭސި ރައިޓް-ބެކް) ޓްރެންޓް އެލެކްސެންޑަރ-އާނޯލްޑް ދެދުވަސް ފަހުން ރިއަލް މެޑްރިޑާއި ގުޅޭނެކަން ކަށަވަރުވެއްޖެއެވެ. މި ފެށޭ ޖޫން މަހުގެ 1 ވަނަ ދުވަހު އޭނާ ރިއަލް މެޑްރިޑްގެ ކުޅުންތެރިއަކަށް ވާނެއެވެ.

ލިވަޕޫލްގެ މަސްދަރުތަކުން ބުނާ ގޮތުގައި ރިއަލް މެޑްރިޑުން އެއްފަހަރާ 10 މިލިއަން ޔޫރޯ (8.4 މިލިއަން ޕައުންޑް) ދައްކާފައިވެއެވެ. ނަމަވެސް ސްޕެއިންގެ ކްލަބުގެ މަސްދަރުތަކުން ބުނަނީ އެމީހުން ދެއްކީ މިއަށްވުރެ ދަށް އަދަދެއް ކަމަށެވެ.

ކްލަބް ވޯލްޑް ކަޕްގައި ބައިވެރިވުމަށް ރިއަލް މެޑްރިޑްއާއި ގުޅުމަށްޓަކައި އާނޯލްޑް އެ ކުލަބަށް ބަދަލުވާއިރު އޭނާގެ ކޮންޓްރެކްޓް ހަމަވާނީ ޖޫން 30 ގައެވެ. އޭރުން ހިލޭ ޓްރާންސްފަރއެއްގެ ގޮތުގައި ލިވަޕޫލް ދޫކޮށްދާން ޖެހުނީސްއެވެ.

އެލެކްސެންޑަރ-އާނޯލްޑް ރިއަލް މެޑްރިޑްއާއެކު 6 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އަދި އޭނާގެ ކޮންޓްރެކްޓްގައި 1 ބިލިއަން ޔޫރޯ (840 މިލިއަން ޕައުންޑް) ގެ ބައި-އައުޓް ކްލޯޒްއެއް ހިމެނިފައިވެއެވެ.

ކްލަބް ވޯލްޑް ކަޕް ފެށޭނީ ޖޫން 14 ގައި އެމެރިކާގައެވެ. ރިއަލް މެޑްރިޑްގެ ފުރަތަމަ މެޗު ކުޅޭނީ ޖޫން 18 ގައި މަޔާމީގައި ސައުދީ އަރަބިއާގެ އަލް-ހިލާލްއާ ދެކޮޅަށެވެ.

އެލެކްސެންޑަރ-އާނޯލްޑް ލިވަޕޫލްއާ ވަކިވަނީ 6 އަހަރަށްފަހު އެވެ. އެ ކްލަބާއި ގުޅުނު ފަހުން 354 މެޗު ކުޅެ، 23 ލަނޑު ޖަހައި، 92 އެސިސްޓް ދީފައެވެ. އޭނާ ލިވަޕޫލްއާއެކު 2 ޕްރިމިއަރ ލީގް، ޗެމްޕިއަންސް ލީގް، ކްލަބް ވޯލްޑް ކަޕް، ޔޫއެފާ ސުޕަރ ކަޕް، އެފްއޭ ކަޕް އަދި ލީގް ކަޕް ކާމިޔާބުކޮށްފައިވެއެވެ.

ރިއަލް މެޑްރިޑްގައި އޭނާ އިނގިރޭސި ޓީމްމޭޓް ޖޫޑް ބެލިންގަމްއާއި ކުރީގެ ލިވަޕޫލް އަދި ރިއަލް މެޑްރިޑް މިޑްފީލްޑަރ ޒާބީ އަލޮންސޯއާ ބައްދަލުވާނެއެވެ. 43 އަހަރުގެ އަލޮންސޯ ވަނީ ކާލޯ އެންޗެލޮޓީގެ ބަދަލުގައި ރިއަލް މެޑްރިޑްގެ ކޯޗުކަމާއި ހަވާލުވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%