ޕްރިމިއާ ލީގުގައި ދެފަހަރު ރަސްކަންކުރި ހަމައެކަނި މުސްލިމް ކުޅުންތެރިޔަކަށް ސަލާޙް

އުސްތާޛް މުޙައްމަދު ޢަލީ | 21 ދުވަސް ކުރިން - 26 މޭ 2025 08:20
ލިވަޕޫލްގެ ފޯވާޑް މުޙައްމަދު ޞަލާޙް މިފަހަރުގެ ސީޒަނުގައި އޭނާއަށް ލިބުނު ދެ އެވޯޑާއެކު.
ލިވަޕޫލްގެ ފޯވާޑް މުޙައްމަދު ޞަލާޙް މިފަހަރުގެ ސީޒަނުގައި އޭނާއަށް ލިބުނު ދެ އެވޯޑާއެކު.
ޚުލާސާ

ޞަލާޙަކީ މުުސްލިމް ކުޅުންތެރިއެއްގެ ގޮތުގައި ދެފަހަރު ޕްރިމިއަރ ލީގުގެ ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ފުރަތަމަ ކުޅުންތެރިޔާ.

ލިވަޕޫލްގެ ސްޓްރައިކަރު މުޙައްމަދު ސަލާޙް ވަނީ ޕްރިމިއަރ ލީގުގެ ތާރީޚުގައި މުސްލިމް ކުޅުންތެރިއެއްގެ ގޮތުގައި ދެފަހަރު ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ފުރަތަމަ ކުޅުންތެރިޔާއަށް ވެފައެވެ.

ޕްރިމިއަރ ލީގުގެ ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު އެންމެ ފުރަތަމަ ޞަލާޙް ހޯދީ 2017-18 ވަނަ އަހަރުގެ ސީޒަންގައެވެ. އެފަހަރު އޭނާ ވަނީ 36 މެޗުން 32 ލަނޑު ޖަހާފައެވެ.

2024-25 ވަނަ އަހަރުގެ ސީޒަންގައި ސަލާޙް ވަނީ 29 ލަނޑު ޖަހައި، 18 އެސިސްޓާ އެކު، ޖުމްލަ 47 ގޯލް ޖެހުމުގައި އިސް ރޯލެއް އަދާ ކޮށް، ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ދެވަނަ ފަހަރަށް ހޯދާފައެވެ.

މި ދެ ސީޒަންގައި ސަލާޙް ވަނީ ޖުމްލަ 61 ލަނޑު ޖަހާފައެވެ. މިދިޔަ ސީޒަންގައި ލިވަޕޫލަށް 20 ވަނަ ފަހަރަށް ޕްރިމިއަރ ލީގު ކާމިޔާބުކުރުމުގައި ސަލާޙްގެ ދައުރު ވަރަށް. ބޮޑެވެ.

ޕްރިމިއަރ ލީގުގެ ތާރީޚުގައި “ޕްލެޔަރ އޮފް ދަ ސީޒަން” މިހާތަނަށް މުސްލިމް ކުޅުންތެރިންނަށް ލިބުނީ ޖުމްލަ 3 ފަހަރު އެވެ. ފުފަތަމައީ ރިޔާޟް މަހްރޭޒް (2015-16 ގައި ލެސްޓަރ ސިޓީއާއެކު) ލިބުނު ފަހަރެވެ. ނަމަވެސް، މިހާރު ސަލާޙް ވަނީ ޕްރިމިއަރ ލީގުގެ ތާރީޚުގައި ދެފަހަރު ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ހަމައެކަނި މުސްލިމް ކުޅުންތެރިޔާއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%