ސީއީއޯ ވަކިވުމާއި ހަމަޔަށް ބަރާބަރަށް މުސާރަ ދިން: ޑިވެލޮޕްމަންޓް ބޭންކް

އުސްތާޛް މުޙައްމަދު ޢަލީ | 114 ދުވަސް ކުރިން - 18 މޭ 2025 12:18
ޑިވެލޮޕްމެންޓް ބޭންކުގެ ކުރީގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް.
ޑިވެލޮޕްމެންޓް ބޭންކުގެ ކުރީގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް.
ޚުލާސާ

ބޭންކުގެ ކުރީގެ ސީއީއޯ އަމިއްލައަށް އިސްތިއުފާ ދެއްވުމާއި ހަމަޔަށް އޭނާއަށް ދޭންޖެހޭ ހުރިހާ މުސާރައާއި އިނާޔަތެއް ވަނީ ދީފައި.

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކުގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނޮއެލް ގްރެގާ ޕެޓަސަން ޖޯންސްއަށް މަގާމުން ވަކިވުމާއި ހަމައަށް ބަރާބަރަށް މުސާރަ ދީފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފިއެވެ.

ޑިވެލޮޕްމަންޓް ބޭންކުން ނެރުނު ބަޔާނެއްގައި މިހެން ބުނެފައިވަނީ، މުސާރަ އާއި އިނާޔަތްތައް ނުލިބިގެން ނޮއެލް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ބުނެވޭ ވަގުތެއްގައެވެ.

ބޭންކުން ބުނި ގޮތުގައި ގޮތުން، ނޮއެލް އިސްތިއުފާ ހުށަހެޅުއްވީ މި އަހަރުގެ މާޗު 20 ގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށެވެ. އަދި އެ ބޯޑުން އިސްތިއުފާ ބަލައިގަތްކަން މާޗު 23 ގައި ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑަށާއި ނޮއެލްއަށް އަންގާފައިވެއެވެ.

"ކުރީގެ ސީއީއޯ މަގާމުން ވަކިވުމާ ހަމައަށް އޭނާއަށް ހައްގު މުސާރަ ފުރިހަމައަށް ދީފައިވާ ކަމުގެ ޔަގީންކަން އަޅުގަނޑުމެން އަރުވަމެވެ. ސީއީއޯ މަގާމުން އިސްތިއުފާ ހުށަހެޅުއްވީ ބޭންކުން މުސާރަ އަދާނުކޮށްގެން ކަމަކަށް އަޅުގަނޑުމެން ނުދެކެމެވެ،" ބޭންކުން ބުންޏެވެ.

ބޭންކުން އިތުރަށް ބުނެފައިވަނީ، އިސްތިއުފާ ހުށަހެޅުއްވުމުގެ ދުވަސްކޮޅެއް ކުރިން ނޮއެލް ވަނީ ރާއްޖެ ދޫކޮށް ވަޑައިގެންފައި ކަމަށާއި، އިސްތިއުފާ ހުށަހެޅުއްވުމަށްފަހު އެ ބޭންކުގެ ވަޒީފާގައި އެއްވެސް ދައުރެއް އޭނާ އަދާ ނުކުރައްވާ ކަމަށެވެ.

ނޮއެލްގެ މައްސަލައާ ގުޅޭގޮތުން ބޭންކުން ބުނެފައިވަނީ، އެ މައްސަލާގައި ކުރިއަށް ދާނީ ބޭންކުގެ ގާނޫނީ ވަކީލުންގެ ޓީމަކުން ކަމަށެވެ. އަދި އާ ސީއީއޯއަކާއި މެނޭޖިން ޑިރެކްޓަރެއް އައްޔަންކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ވެބްސައިޓުން އެނގޭ ގޮތުގައި ނޮއެލް މައްސަލަ ހުށަހެޅުއްވީ މިދިޔަ އޭޕްރީލް 7 ގައެވެ. ނަމަވެސް، މި މަހުގެ ހަތްވަނަ ދުވަހު ޓްރައިބިއުނަލުން ވަނީ އެ މައްސަލަ ބާތިލްކޮށްފައެވެ. މައްސަލަ ބާތިލްކުރި ސަބަބެއް ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ، މައްސަލަ ހުށަހެޅި ފަރާތަކީ ދިވެހި ބަސް ނޭނގޭ ބިދޭސީއަކަށް ވާތީ ތަރުޖަމާނަކު ހޯދަން ދިން ފުރުސަތުގައި އެކަން ކޮށްފައި ނުވާތީ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%