ލިވަޕޫލުން ފިޔަވަޅަކާއި ގާތަށް!

އުސްތާޛް މުޙައްމަދު ޢަލީ | 27 ދުވަސް ކުރިން - 3 އޭޕްރިލް 2025 15:24
ލިވަޕޫލްގެ ކުޅުންތެރިން: މިފަހަރު ޕްރިމިއާ ލީގު ކާމިޔާބު ކުރާނީ ލިވަޕޫލް ކަމަށް ބެލެވޭ.
ލިވަޕޫލްގެ ކުޅުންތެރިން: މިފަހަރު ޕްރިމިއާ ލީގު ކާމިޔާބު ކުރާނީ ލިވަޕޫލް ކަމަށް ބެލެވޭ.
ޚުލާސާ

ލިވަޕޫލާއި އަޅާބަލާއިރު ދެވަނައިގައި އޮތް އާސަނަލް 12 ޕޮއިންޓުގެ ފަރަގެއް އެބައޮތް. ބާކީ އޮތީ ލިވަޕޫލަށް 8 މެޗު. ބެލެވޭގޮތުގައި މެއި މަހު ލިވަޕޫލުމް ތަށި ނަގާނެ.

ޕްރިމިއާ ލީގު ކާމިޔާބު ކުރުމަށް ލިވަޕޫލުން ބޮޑު ފިޔަވަޅެއް އަޅައިފިއެވެ. ރޭ މާސީސައިޑް ޑާބީގައި އެވަޓަން އަތުން 1-0 އިން މޮޅުވުމާއެކު ލިވަޕޫލަށް މިހާރު ބާކީ އޮތީ އެންމެ އަށް މެޗެވެ. ދެ ވަނައިގައި އޮތް އާސެނަލް އާއި ދެމެދު 12 ޕޮއިންޓުގެ ލީޑެއް އެބަ އޮތެވެ.

ލިވަޕޫލާއި އަޅާބަލާއިރު އާސެނަލްއަށް ކުރިމަތިވެފައިވަނީ އުސް ހަނގުރާމައެކެވެ. އާސެނަލް އަށް ވަނީ ތަފާތު ގޮތްގޮތަށް އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. ފަހަކަށް އައިސް އެއްވަރުވެ މުހިއްމު ކުޅުންތެރިންނަށް ލިބުނު އަނިޔާތަކުގެ ސަބަބުން ފަރަގު ކުޑަކުރުމުގެ ފުރުސަތު ވަނީ ހަނިވެފަ އެވެ. މީގެ އިތުރުން ލިވަޕޫލުން ވަނީ ޑޮމިނޭންޓް ފޯމް ކުރިއަށް ގެންގޮސް، މުހިންމު މެޗުތަކުން މޮޅުވެފައިކަން ފާހަގަ ކުރެވެއެވެ.

ރެޑްސްގެ ކުރިއަށް އޮތް މެޗުތަކުގެ ތެރޭގައި ފުލަމް، ވެސްޓްހަމް، ލެސްޓާ، އަދި ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗުތައް ހިމެނެ އެވެ. މިހާރު އޮތް ގޮތަށް ކުޅެމުންދާނަމަ މެއި މަހުގެ ކުރީކޮޅު ޗެމްޕިއަންކަން ހޯދާނެއެވެ.

ލިވަޕޫލްގެ ސަޕޯޓަރުންނަށް މިހާރުވެސް ގަބޫލުކުރެވިފައިވަނީ މިފަހަރުގެ ޕްރިމިއާ ލީގުގެ ތަށި އުފުލާލާނީ ލިވަޕޫލުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%