Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަނިޔާގެ ސަބަބުން މުހިންމު ކުޅުންތެރިން ބޭރުގައި

އަނިޔާގެ ސަބަބުން މުހިންމު ކުޅުންތެރިން ބޭރުގައި

އުސްތާޛް މުޙައްމަދު ޢަލީ
481 ދުވަސް ކުރިން - 31 މާޗް 2025 12:55
ރިއަލް މެޑްރިޑްގެ ބްރެޒިލްގެ ތަރި މިލިޓާއޯ: އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން ސީޒަނާއި އަލްވަދާޢުކިޔަން ޖެހިފައިވޭ.
ރިއަލް މެޑްރިޑްގެ ބްރެޒިލްގެ ތަރި މިލިޓާއޯ: އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން ސީޒަނާއި އަލްވަދާޢުކިޔަން ޖެހިފައިވޭ.
ޚުލާސާ

ރިއަލް މެޑްރިޑްގެ މިލިޓާއޯއާއި، ލެފްޓް ބެކް ފަރްލަންޑް މެންޑީއާއި، އެތްލެޓިކް ބިލްބާއޯގެ އެޓޭކިންގ މިޑްފީލްޑަރު އޮއިހާންގެ އިތުރުން މެން.ސިޓީގެ ހާލަންޑު ފަދަ މުހިންމު ކުޅުންތެރިން ތިބީ އަނިޔާގަ.

ޔޫރަޕްގެ އެންމެ މަތީ ލީގުތަކުގައި ކުޅޭ ނަންހިނގާ ގިނަ ކުޅުންތެރިންނަށް ވަނީ ފަހަކަށް އައިސް އަނިޔާތަކެއް ވެފައެވެ. މިކަމުގެ ސަބަބުން އެ ކުޅުންތެރިން ނިސްބަތްވާ ޓީމުތަކަށް އެކަމު ބޮޑެތި އަސަރުތަކެއް ކުރަމުންދެއެވެ.

މެންޗެސްޓަރ ސިޓީގެ ގޯލު ޖަހާ އާލިންގ ހާލަންޑަށް ވަނީ އެފްއޭ ކަޕްގެ ކުއާޓަރ ފައިނަލްގައި ބޯންމަތާ ދެކޮޅަށް ކުޅުނު މެޗުގައި ވާތު ތަނބިކަށްޓަށް އަނިޔާއެއް ވެފައެވެ. މެޗުގެ 60 ވަނަ މިނެޓުގައި ލުއިސް ކުކްގެ ޓެކުލްއަކުން އަނިޔާވި ހާލަންޑް ވަނީ ދަނޑުން ބޭރަށް ނެރެފައެވެ. އޭނާގެ އަނިޔާގެ ތަފްސީލެއް ނުލިބޭއިރު އޭނާ މިހާރު އުޅެނީ ދެއަތުން ދެ އަސާގަނޑުގައި ހިފަހައްޓައިގެންމެވެ. ތަނބިކަށީގައި އުޅެނީ ގާޑެއް އަޅުވައިގެންނެވެ..

Advertisement

Advertisement 1

ރޭގެ އިންޖަރީއަށްފަހު މިހާރު ހާލަންޑު އުޅޭ ގޮތް މިފޮޓޯއިން މިހިރީ ފެންނަން: ފޮޓޯ: ސޯޝަލްމީޑިއާ

ރިއަލް މެޑްރިޑްގެ ބްރެޒިލް ޑިފެންޑަރު އެޑަރ މިލިޓާއޯ އަށް ވަނީ 2023-24 ވަނަ އަހަރުގެ ލަ ލީގާގެ ފުރަތަމަ މެޗުގައި ބޮޑު އަނިޔާއެއްވެ ވާތު ކަކުލުގެ އޭސީއެލް ކެނޑިފައެވެ. މިއީ އެތްލެޓިކް ބިލްބާއޯ އާ ދެކޮޅަށް 12 އޯގަސްޓު 2023 ގައި ކުޅުނު މެޗެކެވެ. މި އަނިޔާގެ ސަބަބުން އޭނާ ވަނީ މުޅި ސީޒަނުގައު ބޭރުގައި ހުންނަންޖެހިފައެވެ. އޭނާ ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ 9 މަސް ދުވަހުގެ ތެރޭގައެވެ.

ޒުވާން މިލިޓާއޯ އަށް ލިބުނު އަނިޔާއަކީ ބޮޑު އަނިޔާއެއް. އެކަމުގެ އަސަރު ރިއަލްމެޑްރިޑަށް ވަނީ ކޮށްފައި.

އެތްލެޓިކް ބިލްބާއޯގެ އެޓޭކިންގ މިޑްފީލްޑަރު އޮއިހާން ވަނީ މިވަގުތު އަނިޔާއެއްގެ ސަބަބުން ބޭރުގައެވެ. ހމަ އެހެންމެ އެޓީމުގެ ޑާނީ ވިވިއަން އަށް ވެސް ވަނީ އަނިޔާވެފައެވެ. މިކަމުގެ ސަބަބުން އެ ދެ ޓީމަށް ވެސް ވަނީ އިތުރު ދަތިތަކާ ކުރިމަތިވެފައެވެ.

ރިއަލް މެޑްރިޑްގެ ލެފްޓް ބެކް ފަރްލަންޑް މެންޑީ ވެސް ވަނީ އަނިޔާގެ ސަބަބުން ބޭރުގައެވެ. ނަމަވެސް އޭނާގެ އަނިޔާގެ ތަފްސީލު ލިބިފައެއް ނުވެއެވެ.

ހުސްވި މަހުގެ ފުރަތަމަ ދުވަހު ބާސެލޯނާގެ ޑެނިޝް ޑިފެންޑަރު އެންޑްރިއާސް ކްރިސްޓެންސެން އަށް ޕްރެކްޓިހުގައި އަނިޔާވުމުން އަދިވެސް އޭނާ އެހެރީ ބޭރުގައެވެ. ނަމަވެސް މިހަފްތާގައި އޭނާ ރަނަގަޅުވާނެ ކަމަށް މީޑިއާ ރިޕޯޓުތސއް ބުނެއެވެ.

ކޮންމެޔަކަސް، މިއީ ލީގު އަދި ޔޫރަޕްގެ މުބާރާތްތައް ކްރިޓިކަލް މަރުހަލާއެއްގައި އޮތް ދަނޑިވަޅެއްގައި ދިމާވި ކަމަކަށް ވާތީ، ކޯޗުންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެއެވެ. މި ކުޅުންތެރިންގެ ބަދަލުގައި ކުޅޭނެ ކުޅުންތެރިން ހޯދުމަކީ އެ ޓީމުތަކަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

މިއީ ވޯލްޑްކަޕްގެ ކޮލިފައިންއަށް ވެސް މުހިންމު ކުޅުންތެރިންކަން ވެސް ފާހަގަ ކުރެވެއެވެ.

މެންޗެސްޓަރ ސިޓީރިއަލް މެޑްރިޑްބްރެޒިލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދިވެހިންގެ އެންމެ ބޮޑު ސަޕޯޓެއް އޮތް ބްރެޒިލް ކަޓުވާލައި، ނޯވޭ ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް

ބްރެޒިލް ކަޓުވާލައި، ނޯވޭ ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް

20 ދުވަސް ކުރިން - 03:02

ފަހު މިނެޓުގައި ޖެހި ލަނޑާއެކު ބްރެޒިލް ގަދަ 16 އަށް!

ފަހު މިނެޓުގައި ޖެހި ލަނޑާއެކު ބްރެޒިލް ގަދަ 16 އަށް!

26 ދުވަސް ކުރިން - 00:01

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

26 ދުވަސް ކުރިން - 23:04

ވިނީޝިއަސްގެ ޖާދޫގައި ބްރެޒިލް ކުރިއަށް: ވޯލްޑް ކަޕްގެ ލެޖެންޑުންގެ ރެކޯޑުތަކާ އަރާ ހަމަކޮށްފި

ވިނީޝިއަސްގެ ޖާދޫގައި ބްރެޒިލް ކުރިއަށް: ލެޖެންޑުންގެ ރެކޯޑުތަކާ އަރާ ހަމަކޮށްފި

27 ދުވަސް ކުރިން - 21:59

ފަސް ތަރީގެ ބްރެޒިލް އެމީހުންގެ ފެންވަރު ދައްކާލާ، ވަރުގަދަ ހައިޓީގެ ދުވަސް ދުއްވާލައިފި

ފަސް ތަރީގެ ބްރެޒިލް އެމީހުންގެ ފެންވަރު ދައްކާލާ، ހައިޓީގެ ދުވަސް ދުއްވާލައިފި

36 ދުވަސް ކުރިން - 07:32

އާޖެންޓީނާ އާއި ބްރެޒިލްގެ ސަޕޯޓަރުން މާޔޫސްކޮށްލުމަށްފަހު އެމްބާޕޭގެ ދެ ގޯލާއެކު ފްރާންސް މޮޅުވެއްޖެ

ވާދަވެރިން މާޔޫސްކޮށްލުމަށްފަހު އެމްބާލޭ ދެ ގޯލާއެކު ފްރާންސް މޮޅުވެއްޖެ

39 ދުވަސް ކުރިން - 05:49