Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ލިވަޕޫލްގެ ކޯޗުގެ ސަސްޕެންޝަނާއި މެދު އޮޅުންއަރައިފި

ލިވަޕޫލްގެ ކޯޗުގެ ސަސްޕެންޝަނާއި މެދު އޮޅުންއަރައިފި

ހުސައިން އިސްމާއިލް
527 ދުވަސް ކުރިން - 14 ފެބްރުއަރީ 2025 11:59
އާނޭ ސްލޮޓް އަށް ރަތް ކާޑު ދެއްކިޔަސް 2 މެޗަށް ކުރި ސަސްޕެންޝަނަކީ އޮޅުމެއް ކަމަށް ކުޅިވަރު ރިޕޯޓުތަކުގައި ބުނޭ.
އާނޭ ސްލޮޓް އަށް ރަތް ކާޑު ދެއްކިޔަސް 2 މެޗަށް ކުރި ސަސްޕެންޝަނަކީ އޮޅުމެއް ކަމަށް ކުޅިވަރު ރިޕޯޓުތަކުގައި ބުނޭ.
ޚުލާސާ

ޕްރިމިއާ ލީގުން ކުރިން ނެރުނު ބަޔާނުގައި އާނޭ ސްލޮޓް 2 މެޗަށް ސަސްޕެންޑް ކުރިކަމަށް ބުނެފައިވޭ. ނަމަވެސް އެ ބަޔާނަކީ ކުށެއް ކަމަށް ބުނެ އަނބުރާ ގެންދިޔައީ ކަމަށް ކުޅިވަރު ރިޕޯޓުތަކުގައި ބުނޭ.

އިނގިރޭސި ޕްރިމިއާ ލީގުން ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓަށް ދެ މެޗުގެ ސަސްޕެންޝަނެއް ދިންކަމަށް ބުނެ ނެރުނު ބަޔާން އަނބުރާ ގެންގޮސްފިއެވެ. މިކަމުގެ ސަބަބުން ސްލޮޓްގެ ސަސްޕެންޝަނާއި މެދު އޮޅުން އަރައިފިއެވެ.

ބުދަ ދުވަހު ގުޑިސަން ޕާކުގައި ކުޅުނު މާސީސައިޑް ޑާބީ މެޗު ނިމިގެން ހިނގި ކަންތަކުގައި ސްލޮޓަށް ރަތް ކާޑެއް ދެއްކިއެވެ. އެ ރޭ ފެނުނު މަންޒަރަކީ އިތުރު ވަގުތުގައި ޖޭމްސް ޓާކޮވްސްކީ ޖެހި ލަނޑުން އެވަޓަން އެއްވަރުވުމާއި އެކު، ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުމެއް ހިނގައި، އަބްދުﷲ ޑޮކޫރޯ އާއި ކާޓިސް ޖޯންސްއަށް ރަތް ކާޑު ދެއްކުމަށްފަހު، ސްލޮޓް އާއި އޭނާގެ އެސިސްޓެންޓް ސިޕްކެ ހުލްޝޮފް ވެސް މެޗުން ބޭރުކުރެވުނު ތަނެވެ.

Advertisement

Advertisement 1

މެޗަށްފަހު ސްލޮޓްގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކުރެވުނު ނަމަވެސް، އޭނާގެ އަމަލުތަކާއި ގުޅިގެން އަދަބެއް ދީފައިވާކަމަށް ފެނުނެވެ. ޕްރިމިއާ ލީގުން ނެރުނު ބަޔާނުގައި އޭރު ބުނެފައިވަނީ ސްލޮޓަށް ދެ މެޗުގެ ސަސްޕެންޝަނެއް ދީފައިވާ ކަމަށެވެ. ނަމަވެސް، ފަހުން މި ބަޔާން ވަނީ އަނބުރާ ގެންގޮސްފައެވެ.

ދި އެތްލެޓިކްގެ ޖޭމްސް ޕިއާސްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، މި ބަޔާނަކީ "ކުށަކުން" ނެރެވުނު އެއްޗެކެވެ. އަދި ޕްރިމިއާ ލީގުން އަދި ރެފްރީގެ ރިޕޯޓު ބަލައި، ފިޔަވަޅު އަޅަން ނިންމާފައި ނުވާ ކަމަށް ބުނެފައިވެއެވެ.

މިހާރު އޮތް ގޮތުން، ސްލޮޓަށް އާދިއްތަ ދުވަހު ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗުގައި ބެންޗަށް ދެވޭނެއެވެ. ނަމަވެސް އޭނާއަށް ފަހުން ސަސްޕެންޝަނެއް ދީފިނަމަ، އެސިސްޓެންޓް ކޯޗު ޖޮނީ ހައިޓިންގާ ބެންޗުގެ ޒިންމާ ނަގާނެ ކަމަށް ބެލެވެއެވެ.

ލިވަޕޫލް މި އާދިއްތަ ދުވަހު އެންފީލްޑުގައި ވުލްވްސްއާއި ދެކޮޅަށް ކުޅޭއިރު، ފެބްރުއަރީ 19 ވަނަ ދުވަހު އެސްޓަން ވިލާއާއި ބައްދަލުކުރާނެއެވެ. އެއަށްފަހު ދެން އޮތީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭނެ މެޗެވެ.

ލިވަޕޫލްއިނގިރޭސި ޕްރިމިއަރ ލީގު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

55 ދުވަސް ކުރިން - 03:22

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

56 ދުވަސް ކުރިން - 19:29

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

62 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

62 ދުވަސް ކުރިން - 12:14

މިޑްލްސްބަރާ ބަލިކޮށް، ހަލް ސިޓީން އަލުން އިނގިރޭސި ޕްރިމިއާ ލީގަށް

ހަލް ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް

63 ދުވަސް ކުރިން - 22:55

ޕްރިމިއާ ލީގުގެ ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ބްރޫނޯ ފެނާންޑޭޒް ހޯދައިފި

ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ބުރޫނޯ ފެނާންޑޭޒް

63 ދުވަސް ކުރިން - 22:38