ބަރެޒިލްގެ މަގުމައްޗަށް މަތިންދާބޯޓެއް ވެއްޓި ބަޔަކު މަރުވެއްޖެ

ހުސައިން އިސްމާއިލް | 252 ދުވަސް ކުރިން - 7 ފެބްރުއަރީ 2025 22:11
ފޮޓޯ: ސީއެންއެން.
ފޮޓޯ: ސީއެންއެން.
ޚުލާސާ

ފުލައިޓުގައި ތިބި ދެމީހުން މަރުވެ މަގުމަތިން އިތުރު ބަޔަކު ޒަޚަމްވިއިރު، އެ ފުލައިޓު ވެއްޓުމުގެ ވަގުތުކޮޅެއް ކުރިން ވަނީ ޓަވަރާއި ގުޅުން ކެނޑިފައި.

ބަރެޒިލްގެ މަގުމައްޗަށް މިއަދު މަތިންދާބޯޓެއް ވެއްޓި ބަޔަކު މަރުވެއްޖެއެވެ.

މި ހާދިސާ ހިނގީ ބްރެޒިލްގެ ދެކުނުގައި އޮންނަ ސައޯ ޕައުލޯގެ މަގުމަތީގައެވެ.

ޚަބަރުތައް ބުނާ ގޮތުގައި ވެއްޓުނީ ކުޑަ މަތިންދާބޯޓެކވެ.. އެ ބޯޓު މަގުމައްޗަށް ވެއްޓި، ބަހަކާއި ޖެހުމުން މަދުވެގެން ދެ މީހަކު މަރުވެފައިވާ ކަމަށާއި މި ހާދިސާ ހިނގީ މިއަދު (7 ފެބްރުއަރީ 2025) ގެ ހެނދުނު 7:20 ހާއިރު ކަމަށް ޚަބަރުތައް ބުނެއެވެ.

މިލިޓަރީ ފުލުހުންނާއި ޙަވާލާދީ ސީއެންއެން ބްރެޒިލްގެ ރިޕޯޓުގައިވާ ގޮތުން މަތިންދާބޯޓުގައި ތިބި ދެ މީހުން މަރުވީ އަނދައިގެންނެވެ. އިތުރު ހަ މީހަކަށް އަނިޔާވިއިރު އެއީ މަތިންދާބޯޓު ޖެހުނު ބަހުގައި ތިބި މީހުން ކަމަށް ޚަބަރުތައް ބުނެއެވެ.

ބްރެޒިލްގެ އޮތޯރިޓީތަކާއި ޙަވާލާދީ ސީއެންއެން ބުރެޒިލުން ބުނާ ގޮތުގައި މަތިންދާބޯޓު ވެއްޓުމުގެ މަދު މިނެޓުތަކެއް ކުރިން ކޮންޓްރޯލް ޓަވަރާ މަތިންދާބޯޓާއި ދެމެދު ވަނީ ގުޅުން ކެނޑިފައެވެ.

އެސޯސިއޭޓެޑް ޕްރެސްއިން ބުނާ ގޮތުގައި މަތިންދާބޯޓު ވެއްޓުނީ އެ ބޯޓު ނައްޓާލިތަނާއި 5 ކިލޯމީޓަރު ދުރުމިނުގައެވެ.

ބްރެޒިލްގައި ވަރަށް ފަހުން ވެސް ކުޑަ މަތިންދާ ބޯޓެއް ވެއްޓި މަހުޖަނަކާއި އޭނާގެ ޢާއިލާ މަރުވިކަން ފާހަގަ ކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%