ކަރަބާއޯ ކަޕްގެ ސެމީ ފައިނަލްގެ ދެވަނަ ލެގްގައި ލިވަރޕޫލުން 4-0 ލަނޑުން ޓޮޓެންހަމް ހޮޓްސްޕަރ ބަލިކޮށް އަދި 4-1 އެގްރެގޭޓް އިން މޮޅުވެ، ކަރަބާއޯ ކަޕްގެ ފައިނަލަށް ގޮސްފިއެވެ.
އެންފީލްޑްގައި ކުޅުނު މި މެޗުގައި ލިވަރޕޫލްގެ ގޯލު ޖެހީ ކޯޑީ ގަކްޕޯ، މުހައްމަދު ސަލާހް، ޑޮމިނިކް ސޮބޮސްލައި އަދި ޑިފެންޑަރު ވާޖިލް ވަން ޑައިކްއެވެ. މިއީ ލިވަރޕޫލްގެ އާ މެނޭޖަރު އާނެ ސްލޮޓްގެ ދަށުން ކުޅުނު ފުރަތަމަ ޑޮމެސްޓިކް ކަޕް ސެމީ ފައިނަލެވެ.
ފުރަތަމަ ލެގްގައި 1-0 އިން ބަލިވި ނަމަވެސް، ލިވަރޕޫލް ވަނީ މި މެޗުގައި އެކަން ރަނގަޅުކޮށް ޓޮޓެންހަމް އަށް މިމެޗުގައި ކުޅުމުގެ ފުރުސަތު ބެސް ނުދީ މުޅި މެޗު ކޮންޓުރޯލް ކޮށްފައެވެ. ނަތީޖާ އަކީ މުޅި މެޗުގައިވެސް ޓޮޓެންހަމްއަށް ލިވަޕޫލްގެ ގޯލާއި އަމާޒުކޮށް އެންމެ ޝޮޓެއް ވެސް ފޮނުވައެއް ނުލެވުނެވެ.
ލިވަރޕޫލްގެ މި މޮޅާއެކު، ފައިނަލުގައި އެ ޓީމު މާރޗް 16 ގައި ކުޅޭނީ ނިއުކާސްލް ޔުނައިޓެޑްއާ ދެކޮޅަށެވެ. ނިއުކާސްލް ވަނީ އާސެނަލް އަތުން 4-0 އިން މޮޅުވެފައެވެ. މި ފައިނަލްގައި ލިވަރޕޫލް މޮޅުވެއްޖެ ނަމަ، އެ ޓީމަށް ރެކޯޑެއް ޤާއީމް ކުރެވޭނެއެވެ. އެއީ 11 ވަނަ ކަރަބާއޯ ކަޕްގެ ތަށި ނެގުމެވެ.
އިނގިރޭސި ތާރީޚުގައި ވެސް ކަރަބާއޯ ތަށި އެންމެ ގިނައިން ހޯދާފައިވަނީ ލިވަޕޫލެވެ. އެއީ 10 ފަހަރެވެ. ދެވަމައިގައި އޮތް މެންޗެސްޓާ ސިޓީއަށް މި ތަށި ލިބިފައިވަނީ 8 ފަހަރު ކަމުގައި ފާހަގަ ކުރެވެއެވެ.









