Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަލަސްޠީނުގައި ދައުލަތެއް ޤާއިމް ކުރުމަށް ސައޫދީން ޝަރުޠު ނުކުރާ ކަމަށް ބުނެ ޓްރަމްޕް ހެއްދެވީ އިތުރުފުޅު: ސައޫދީ

ފަލަސްޠީނުގައި ދައުލަތެއް ޤާއިމް ކުރުމަށް ސައޫދީން ޝަރުޠު ނުކުރާ ކަމަށް ބުނެ ޓްރަމްޕް ހެއްދެވީ އިތުރުފުޅު: ސައޫދީ

ޖަވާދު
572 ދުވަސް ކުރިން - 5 ފެބްރުއަރީ 2025 12:22
ސައޫދީ ޕްރިންސް މުހައްމަދު ބިން ސަލްމާން އާއި ޓްރަމްޕް (2018)
ސައޫދީ ޕްރިންސް މުހައްމަދު ބިން ސަލްމާން އާއި ޓްރަމްޕް (2018)
ޚުލާސާ

ސަޢޫދީން މިއަދު ބުނީ ފަލަސްޠީނުގައި ދައުލަޔެއް ޤާއިމްކުރުމަށް އަބަދުވެސް އެދެނީ 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ކަމަށާއި، އިސްރާއީލުން ފަލަސްޠީނުގެ ބިންތައް އޮކިއުޕައިކޮށްފައިވާ އޮކިއުޕޭޝަން ނިމުމަކަށް ގެނައުމަށް ސަޢޫދީން އަބަދުވެސް އެދޭ އެދުން ބަދަލެއް ނުވާނެ ކަމަށް.

ސަޢޫދީ ޢަރަބިއްޔާއިން އިސްރާއީލާއެކު ގުޅުން ޢާއްމުކުރުމަށް ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުން ޝަރުޠުކޮށްފައިވާކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކި ވާހަކަ ސަޢޫދީ ޢަރަބިއްޔާއިން ދޮގުކޮށްފިއެވެ. މިކަން ސަޢޫދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓްރީން ދޮގުކުރީ މިއަދު ނެރުނު ބަޔާނެއްގައެވެ.

ވައިޓް ހައުސްގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާއެކު ބޭއްވި ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާއިން ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމަށް ޝަރުޠު ނުކުރާ ކަމަށެވެ. ނަމަވެސް މިއީ ޙަޤީޤަތާ ޚިލާފު ވާހަކައެއްކަމަށް ސަޢޫދީ ޢަރަބިއްޔާއިން ބުނެފައިވެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ފަލަސްނީ ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމާ ގުޅޭގޮތުން ސަޢޫދީ ޢަރަބިއްޔާގެ މައުޤިފަކީ "ދެމެހެއްޓެނިވި އަދި ބަދަލުނުވާނެ" މައުޤިފެއް ކަމަށެވެ. އަދި މިއީ "މަޝްވަރާކުރެވޭނެ ނުވަތަ އެއްބަސްވެވޭނެ" ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

Advertisement

Advertisement 1

ސަޢޫދީ ޢަރަބިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމަށާއި، އިސްރާއީލުން ފަލަސްޠީނުގެ ބިންތައް އޮކިއުޕައިކޮށްފައިވާ އޮކިއުޕޭޝަން ނިމުމަކަށް ގެނައުމަށް ސަޢޫދީ ޢަރަބިއްޔާއިން ގޮވާލާކަމަށެވެ. މިއީ ކުރީގެ އަދި މިހާރުގެ އެމެރިކާގެ އިދާރާތަކަށް ކުރިންވެސް ސާފުކޮށްދީފައިވާ ކަމެއްކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މި ބަޔާނުގައި ސަޢޫދީ ޢަރަބިއްޔާގެ ވަލީ އަހުދު އަމީރު މުޙައްމަދު ބިން ސަލްމާން ވިދާޅުވެފައިވާ ބަސްފުޅުތަކެއްވެސް ހަވާލާދީފައިވެއެވެ. އޭގެ ތެރޭގައި 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު ޝޫރާ ކައުންސިލުގެ 9 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅާއި، 2024 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު ރިޔާދުގައި ބޭއްވުނު ޢަރަބި-އިސްލާމީ ސަމިޓުގައި ދެއްކެވި ވާހަކަފުޅު ހިމެނެއެވެ.

ސައުދީ އަރަބިއްޔާއެމެރިކާޑޮނަލްޑް ޓްރަމްޕުފަލަސްތީންފަލަސްތީނު އޮތޯރިޓީ (ޕީއޭ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

6 ގަޑިއިރު ކުރިން - 15:07

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

8 ގަޑިއިރު ކުރިން - 13:09

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

1 ދުވަސް ކުރިން - 11:13

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

2 ދުވަސް ކުރިން - 23:23

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

2 ދުވަސް ކުރިން - 22:41

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

9 ދުވަސް ކުރިން - 15:57