Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ލިވަޕޫލް ނުހިފެހެއްޓޭ، އިޕްސްވިޗް ކޮޅަށް މިރޭ ހަތަރު ލަނޑު

ލިވަޕޫލް ނުހިފެހެއްޓޭ، އިޕްސްވިޗް ކޮޅަށް މިރޭ ހަތަރު ލަނޑު

އައިޝަތު އީމާން
591 ދުވަސް ކުރިން - 25 ޖެނުއަރީ 2025 22:30
ގޯލު ޖެހުމަށްފަހު ލިވަޕޫލުން އުފާ ފާޅުކުރަނީ / ފޮޓޯ: ލިވަޕޫލް
ގޯލު ޖެހުމަށްފަހު ލިވަޕޫލުން އުފާ ފާޅުކުރަނީ / ފޮޓޯ: ލިވަޕޫލް
ޚުލާސާ

ލިވަޕޫލްގެ ފޯވާޑު ގަކްޕޯ މިރޭ ދެގޯލު ޖަހާފައިވާއިރު ސަލާހު އަދި ސޮބޮސްލައި ވަނީ ގޯލެއް ޖަހާފަ. އިޕްސްވިޗްގެ ހަމައެކަނި ގޯލު ޖެހީ ޖެކޮބް ގްރީސް. ލިވަޕޫލް އެއްވަނައިގައި އޮތީ 53 ޕޮއިންޓާއެކު.

އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލުން މިރޭ ރެލިގޭޝަނުގައި އޮތް އިޕްސްވިޗް ކޮޅަށް ހަތަރު ގޯލު ޖަހައި ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި އެވެ. މި މެޗު ލިވަޕޫލް ކާމިޔާބު ކުރީ ހަތަރު ލަނޑު އެއް ލަނޑުންނެވެ.

ލިވަޕޫލް އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ޖެހީ ސޮބޮސްލައި އެވެ. މެޗުގެ 35 ވަނަ މިނެޓުގައި އެ ޓީމުގެ ހުނަރުވެރި ފޯވާޑު ސަލާހު ގޯލެއް ޖަހާފައިވާއިރު އޭނާ އަކީ މިވަގުތު ޕްރިމިއަރ ލީގުގެ މި ސީޒަނުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. ސަލާހު މިހާތަނަށް 19 ގޯލު ޖަހާފައިވާއިރު މެންވެސްޓަރ ސިޓީގެ ހާލަންޑު ލިސްޓުގެ ދެވަނައިގައި އޮތީ 17 ގޯލާއެކު އެވެ. އެސިސްޓުގައި ވެސް އެންމެ ކުރީގައި އޮތީ ސަލާހު އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން 44 ވަނަ މިނެޓުގައި ގަކްޕޯ ވަނީ ގޯލެއް ޖަހައި ލިވަޕޫލްގެ ލީޑު ފުޅާކޮށްދީފައެވެ. އަދި ދެވަނަ ހާފު ފަށައިގެން 66 ވަނަ މިނެޓުގައި އޭނާ ވަނީ އިތުރު ގޯލެއް ޖަހާފައެވެ. އިޕްސްވިޗްގެ ހަމައެކަނި ގޯލު މެޗު ނިމުމުގެ ކުރިން 90 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެކޮބް ގްރީވްސް އެވެ.

Advertisement

Advertisement 1

މި ބައްޔާއެކު އިޕްސްވިޗް އޮތީ ކުރިންވެސް އޮތް ހިސާބުގައި ތާވަލުގެ 18 ވަނައިގަ އެވެ. ލިވަޕޫލު އެއްވަނައިގައި އެއް މެޗު މަދުން ކުޅެ 6 ޕޮއިންޓުގެ ލީޑެއް އެބައިނެވެ.

މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ވުލްވްސް އަދި އާސެނަލް ބައްދަލުކުރި މެޗު އާސެނަލުން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއިންނެވެ. ބޯންމައުތްއިން 5-0 އިން ނޮޓިންހަމް ފޮރެސްޓު ބަލިކުރިއިރު އެވަޓަން އިން ބްރައިޓަން ބަލިކޮށްފައިވަނީ 1-0 ގެ ނަތީޖާ އަކުންނެވެ. އަދި ނިއުކާސަލް އާއި ސަތަމްޓަން ބައްދަލުކުރި ނިމުނީ 3-1 އިން ނިއުކާސަލް މޮޅުވެގެންނެވެ.

ޕްރިމިއަރ ލީގު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ މިރޭ ޗްލްސީއާ ދެކޮޅަށް ނިކުންނާނެ އެވެ. އިއްތިހާދު ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފަށާނީ ރާއްޖެ ގަޑިން 22:30 ގަ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުލިވަޕޫލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

9 ދުވަސް ކުރިން - 22:27

ޕީއެސްޖީގެ ކޮންޓްރެކްޓް އާކުރަން ބާކޯލާ ދެކޮޅު ހަދައިފި؛ އޭނާ ހޯދުމުގެ ރޭހުގެ ކުރީގައި އޮތީ ލިވަޕޫލް

ބާކޯލާ ހޯދުމުގެ ރޭހުގެ ކުރީގައި ލިވަޕޫލް

45 ދުވަސް ކުރިން - 20:03

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

100 ދުވަސް ކުރިން - 03:22

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

102 ދުވަސް ކުރިން - 19:29

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

107 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

107 ދުވަސް ކުރިން - 12:14