ހަވާ އެރުވުމާއެކު "އަވަސް އެޕް" ލޯންޗުކޮށްފި

އާނާ ފަހީމް | 324 ދުވަސް ކުރިން - 10 ޖެނުއަރީ 2025 23:06
"އަވަސް އެޕް" ލޯންޗުކުރުމަށް ހަވާ އެރުވުން / ފޮޓޯ: ޚުލާސާ
"އަވަސް އެޕް" ލޯންޗުކުރުމަށް ހަވާ އެރުވުން / ފޮޓޯ: ޚުލާސާ
ޚުލާސާ

2019 ވަނަ އަހަރު މާލެ ސިޓީގައި ފެށުނު އަވަސް ރައިޑްގެ ޚިދުމަތް ލިބޭ އަވަސް އެޕްގެ އައު އެޕްލިކޭޝަން މިރޭ ތައާރަފްކޮށް މިކަމުގެ އުފަލުގަ ހަވާ އަރުވައިފި.

ހަވާ އެރުވުމާއެކު "އަވަސް އެޕް" ލޯންޗުކޮށްފިއެވެ.

ރާއްޖޭގައި ޓެކްސީ ޚިދުމަތް ދެމުންދާ އެންމެ ބޮޑު އެއް ބްރޭންޑް ކަމަށްވާ އަވަސް ރައިޑުން "އަވަސް އެޕް" ގެ ނަމުގައި މުޅިން އާ އެޕްލިކޭޝަނެއް ތަޢާރަފުކޮށްފިއެވެ. މި އެޕް ތަޢާރަފުކުރުމާއި ގުޅިގެން މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުޑަކުދިންގެ ހަވީރެއް ވެސް ބޭއްވިއެވެ.

އަވަސް ރައިޑުން ސެންޓްރަލް ޕާކުގައި ބާއްވާފައިވާ ކުޑަކުދިންގެ ހަވީރު / ފޮޓޯ: ޚުލާސާ

ހަވާ އެރުވީ މިރޭ 9:00 ގައެވެ. އެއީ 3 މިނެޓަށެވެ.

2019 ވަނަ އަހަރު މާލެ ސިޓީގައި ފެށުނު އަވަސް ރައިޑްގެ ޚިދުމަތް މިހާރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާވެފައެވެ. މިހާރު ވެސް 3،000 އަށްވުރެ ގިނަ ވެހިކަލް އަވަސް އެޕް ބޭނުންކުރާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

އަވަސް އެޕް ތަޢާރަފުކުރުމާއި ގުޅިގެން ބޭއްވުނު ކުޑަކުދިންގެ ހަވީރުގައި އިތުރުން ރޮބޯމޭންގެ ޝޯއެއް ވަނީ ބާއްވާފައެވެ. މީގެ އިތުރުން މި ހަވީރުގައި ގުރުއަތުން ހޮވުނު ފަރާތަކަށް ޕްލޭސްޓޭޝަން 5 އެއް ހަދިޔާކުރިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%