މިރޭ 9 ޖަހާއިރު އަވަސް އެޕް ގެ ހަވާ އެރުވުން ހުޅުމާލޭގައި

އައިޝަތު އީމާން | 324 ދުވަސް ކުރިން - 10 ޖެނުއަރީ 2025 18:24
މާލޭގައި ހަވާ އެރުވުން / ފޮޓޯ: ޚުލާސާ
މާލޭގައި ހަވާ އެރުވުން / ފޮޓޯ: ޚުލާސާ
ޚުލާސާ

ހަވާ އެރުވުން އޮތީ 3 މިނެޓަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި. ވީހާވެސް ގިނަ ބަޔަކަށް އަވަސް ރައިޑުން ދަނީ މި އުފަލުގައި ބައިވެރިވުމަށް މަރުޙަބާ ކިޔަމުން.

އަވަސް ރައިޑުގެ "އަވަސް އެޕް" ގެ ނަމުގައި ތައްޔާރުކޮށްފައިވާ މުޅިން އައު އެޕްލިކޭޝަން މިރޭ 9 ޖަހާއިރު ލޯންޗުކުރާއިރު ހުޅުމާލޭގައި ހަވާ އަރުވާނެއެވެ. މި ހަފްލާ އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މިރޭ 3 މިނެޓް ވަންދެން ހަވާ އަރުވާނެއެވެ.

ރާއްޖޭގައި ޓެކްސީ ޚިދުމަތް ދެމުންދާ އެންމެ ބޮޑު އެއް ބްރޭންޑް ކަމަށްވާ އަވަސް ރައިޑުން މި އެޕް ރަސްމީކޮށް ލޯންޗް ކުރުމަށް ނިންމާފައިވާއިރު މިއަދު ހަވީރުއްސުރެ ކުޑަކުދިންގެ ހަވީރަކާއެކު ތަފާތު ޙަރަކާތްތައް ދަނީ ހިންގަމުންނެވެ.

އަވަސް އެޕުން މިހާރު ކުރިޔަށް ގެންދާ ކުޑަކުދިންގެ ހަވީރު ތެރެއިން - ފޮޓޯ: ޚުލާސާ

މިހާރު ކުރިޔަށްދާ ކުޑަކުދިންގެ ހަވީރު މިރޭ 7:00 ވަންދެން ކުރިޔަށް ދާނެއެވެ. ރޮބޯމޭންގެ ޚާއްޞަ ޝޯއެއްވެސް ކުރިޔަށްދާއިރު ގުރުއަތުން ހޮވޭ ނަސީބުވެރިޔަކަށް ޕްލޭސްޓޭޝަން 5 އެއް އިނާމުގެ ގޮތުގައި ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

2019 ގައި މާލެ ސިޓީގައި ފެށުނު އަވަސް ރައިޑްގެ ޚިދުމަތް މިހާރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާވެފައެވެ. މިހާރު 3،000 އަށްވުރެ ގިނަ ވެހިކަލް އަވަސް އެޕް މެދުވެރިކޮށް ޚިދުމަތް ދެމުން ގެންދެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%