އެއް ސީޒަނެއްގެ ތެރޭގައި ތަފާތު އަށް މެޗެއްގައި ގޯލު ޖަހައި އެސިސްޓް ކުރި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑު ލިވަޕޫލުގެ ފޯވާޑު މުހައްމަދު ސަލާހު ހަދައިފިއެވެ.
މި ރިކޯޑް ސަލާހު ހަދާފައި މިވަނީ އާދީއްތަ ދުވަހުގެރޭ ވެސްޓްހަމް ޔުނައިޓެޑް އަތުން 5-0 އިން މޮޅުވި މެޗުގައެވެ. މި މެޗާއެކު ލީގުގެ އެންމެ ނުފޫޒުގަދަ އެއް ކުޅުންތެރިޔާގެ މަގާމު ސަލާހް މިވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ.
މިހާރު ކުރިއަށްދާ މުޅި ސީޒަންގައި ލިވަޕޫލްގެ އެޓޭކިންގައި ސަލާހުގެ ދައުރު ވަރަށް ބޮޑެވެ. މި ސީޒަނުގައި ސަލާހު 37 ގޯލުގައި ބައިވެރިވެފައިވާއިރު، ލީގުގެ އެންމެ 18 މެޗުގައި 30 ގޯލުގެ އެސިސްޓް ހެދިއިރު، ހެރީ ކޭން އާއި ތިއާރީ ހެންރީ ފަދަ ކުޅުންތެރިންގެ ކުރިން އޮތް ރެކޯޑް ސަލާހް މިވަނީ މުގުރާލަފައެވެ.
މިރޭ ގޯލެއް ޖަހައިދިނުމުގެ އިތުރުން ކޯޑީ ގަކްޕޯ އާއި ޑިއޯގޯ ޖޯޓާއަށް އެސިސްޓް ފޯރުކޮށްދީ، ޕްރިމިއާ ލީގުގެ ތާވަލުގެ އެންމެ ކުރީގައި ލީޑު ފުޅާކުރީ އަށް ޕޮއިންޓާއެކު އެވެ.
މި ސީޒަނުގައި ގޯލުގެ ކޮންޓްރިބިއުޝަންތަކުގެ ގޮތުން ސަލާހުއާ ގާތްވަނީ މެންޗެސްޓާ ސިޓީގެ އާލިން ހާލަންޑް އާއި ޓޮޓެންހަމް ހޮޓްސްޕާގެ ހެރީ ކޭން އެވެ.









