ލިވަޕޫލްގެ ކޯޗު އާނެ ސްލޮޓް ވަނީ މުހައްމަދު ސަލާހު ލިވަރޕޫލްގައި "ދިގު މުއްދަތަކަށް" ހުރުމަށް އެދިފައެވެ. މިއީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ސަލާހު ޖެހި ދެ ގޯލަށް ފަހު ސްލޮޓް ދެއްކި ވާހަކައެކެވެ.
3-3 އިން އެއްވަރުވި މެޗުގައި ނިއުކާސަކުން ލީޑު ނެގި ދެފަހަރު ވެސް އެއްވަރު ކޮށްދިނީ ސަލާހެވެ.
ސަލާހުގެ މުސްތަގުބަލާ މެދު އަދިވެސް ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި ސްލޮޓް ނުނީ ސަލާހު ލިވަރޕޫލް ދޫކޮށް ނުދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. ސަލާހުގެ ކޮންޓްރެކްޓް ހަ މަސް ފަހުން ހަމަވާނެއެވެ.
ސަލާހު މިހާރު ވަނީ ޕްރިމިއަރ ލީގުގެ މި މޫސުމުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް ވެފައެވެ. އޭނާ ވަނީ 13 ގޯލު ޖަހާފައެވެ. އަދި ވިދިވިދިގެން ހަތް މެޗުގައި ގޯލު ޖަހައި، އެ ރެކޯޑު ދެ ފަހަރު ހާސިލުކުރި ދެވަނަ ކުޅުންތެރިޔާއަށްވެސް ވެފައެވެ.









