ރާއްޖޭގެ ރައީސް ޑރ މުޙައްމަދު މުއިއްޒު، އެމެރިކާގެ އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ރައީސް ޑޮނަލްޑް ޓްރަމްޕަށް ހޫނު މަރުޙަބާއެއް ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕަށް ހޫނު މަރުޙަބާއާއި ތަހުނިޔާ އަރިސްކުރައްވާ ކަމަށެވެ. އަދި ދިވެހިރާއްޖެއާއި އެމެރިކާ އާ ދެމެދު ވަނީ އިޙްތިރާމްކުރުމާއި، ހެޔޮ އެދުމާއި، އެއް ޤައުމު އަނެއް ޤައުމު ދެނެގަތުމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދުނިޔެ ކުރިމަތިލާންޖެހޭ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށާއި، ދުނިޔޭގެ ސުލްޙައާއި ކުރިއެރުން އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.








