އެމެރިކާގެ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓް ކަމަލާ ހެރިސް ވޯޓު ލައްވައިފިއެވެ. މާދަމާ ރަސްމީކޮށް ފެށޭ އިންތިޚާބުގައި ކަމަލާ ހެރިސް ވޯޓު ލެއްވީ އަރލީ ވޯޓިންގ ނުވަތަ ކުރީބައިގައި ވޯޓުލުމުގެ ފުރުސަތުގެ ދަށުންނެވެ. މި ފުރުސަތުގެ ތެރެއިން މިހާތަނަށް 78 މިލިއަން މީހުން ވޯޓުލާފައިވާ ކަމަށް ޔުނިވަރސިޓީ އޮފް ފްލޮރިޑާގެ އިލެކްޝަން ލެބުން ހާމަކުރެއެވެ.
އިލެކްޝަން ލެބުގެ ޑިރެކްޓަރ ޑރ. މައިކަލް މެކްޑޮނަލްޑް ވިދާޅުވި ގޮތުގައި މިއީ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަރލީ ވޯޓިންގގެ ދަށުން ވޯޓުލި މީހުންގެ ޢަދަދުގެ ދެބައިކުޅަ އެއްބައެވެ. އޭރު އަރލީ ވޯޓިންގގެ ދަށުން ވޯޓުލާފައިވަނީ 160 މިލިއަން މީހުންނެވެ.
މާދަމާ އިންތިޚާބުގެ ރަސްމީ ވޯޓުލުން ފެށުމަށް ހަމަޖެހިފައިވާއިރު އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް ކަމުގައިވާ ކޮންގްރެސްގެ ހުސްވެފައިވާ ގޮނޑިތަކަށް ވެސް މެންބަރުން އިންތިޚާބުކުރެވޭނެއެވެ.








